މާޕްއިން ސެޕްޓެމްބަރު މަހު ލާނިން އެންޑް ޑިވަލޮޕްމަންޓް ކޮންފަރެންސެއް ބާއްވަނީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް)އިން އަންނަ ސެޕްޓެމްބަރު މަހުގެ 13ވަނަ ދުވަހު ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ. މިއީ މާޕްއިން ބާއްވާ މިފަދަ ފަސްވަނަ ކޮންފަރެންސެވެ. ދެހާސް ނަވާރަވަނަ އަހަރުން ފެށިގެން މާޕްއިން ބާއްވާ މި ކޮންފަރެންސަކީ މަސައްކަތުގެ މާހައުލު ބައްޓަން ކުރުމުގައި މުހިންމު މަންސައެއް ކަމަށްވާއިރު، ތަފާތު ޚިޔާލުތަކާއި މައުލޫމާތުތައް މި ކޮންފަރެންސްގައި ހުށަހަޅައެވެ. މިއަހަރުގެ ކޮންފަރެންސްގެ ޝިއާރަކަށް ކަނޑައަޅާފައި ވަނީ، "ނެވިގޭޓިން ޓުމޯރޯ: ބިލްޑިން ފިއުޗާ ރެޑީ އޮގަނައިޒޭޝަން ތްރޫ ޓްރާންސްފޮމޭޓިވް ލާނިން" އެވެ. މި ޝިއާރަކި މަސައްކަތުގެ މާހައުލުގެ ބަދަލުވަމުންދާ ބޭނުންތަކާއި މުއައްސަސާތަކުގެ މަގުސަދު ހާސިލުކޮށް، ހަލުވިކޮށް މަސައްކަތްކުރާނެ މުހިންމު ގޮތްތަކަށް އަމާޒުކޮށް ތައްޔާރުކޮސްފައިވާ ޝިއާރެކެވެ. މި ކޮންފަރެންސްގައި ހަތަރު ދާއިރާތަކަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވެއެވެ. އެއީ: ހުނަރުތައް ބިނާކޮށް ހުނަރު ބަދަލުކުރުން ޑިޖިޓަލް ޒަމާނަކަށް އަމާޒުކޮށް ލީޑަޝިޕް ދިނުން އޭއައި މެދުވެރިކޮށް އުނގެނުމުގެ އިންގިލާބު މުއައްސަސާތަކުގެ ހަލުވިކަމާއި މެނޭޖުމަންޓަށް ބަދަލުގެނައުން މި ކޮންފަރެންސްގައި މައުލޫމާތު ދޭނީ ބައިނަލްއަގުވާމީ ކީނޯޓް ސްޕީކަރުންނާއި ރާއްޖޭގެ މާހިރުންނާއި ދާއިރާގެ އިސްވެރިންނެވެ. ކޮންފަރެންސްގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނީ އަންނަ މަހު އެކެއްގައެވެ. ދެހާސް އަށާރަވަނަ އަހަރު އުފެދުނު މާޕްއަކީ ރާއްޖޭގައި އެޗްއާރް އަދި މީހުން ތަރައްޤީކުރުމަށް ރަޖިސްޖިސްޓަރީކުރެވުނު ފުރަތަމަ ޕްރޮފެޝަނަލް ޖަމިއްޔާއެވެ. އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްގެ އިތުރުން، އެޖަމިއްޔާއިން އަހަރީ އެޗްއާރް ކޮންފަރެންސާއި ކޮންވެންޝަން ވެސް ބާއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ