ގޫގުލް ފޮޓޯއަށް 10 އަހަރު ފުރުމާ ގުޅިގެން އެ އެޕްލިކޭޝަނަށް ސަޅި އާ ފީޗާސްތަކެއް ހިމަނައިފިއެވެ.
ގޫގުލްއިން ތައާރަފްކުރި އާ ފީޗާސްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ފީޗާއަކީ ފޮޓޯ އެޑިޓާ އަލުން ފައްކާކުރުމެވެ. ގޫގުލް ފޮޓޯއަށް މިފަހަރު ގެނައި ބަދަލުތަކުގެ ސަބަބުން ފޮޓޯތަކަށް ބޭނުންވާ ބަދަލުތައް އަވަހަށް އަދި ފަސޭހަކަމާއެކު ގެނައުމުގެ މަގުތަނަވަސް ވެގެންދާނޭކަމަށް އެކުންފުނިން ބުނެއެވެ.
ގޫގުލް ފޮޓޯސް އިން ގެނަ ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ ފޮޓޯ އެޑިޓްކުރުމާއި، ފޮޓޯތައް ހިއްސާކުރުން ކުރިއައްކުރެ ފަސޭހަކޮށް، ބޭނުންކުރާ ފަރާތްތަކަށް ފަހި ތަޖުރިބާއެއް ހޯދައިދިނުމެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި މަސައްކަތްކުރާ އާލާތްތައް ވެސް ވަނީ ހިމަނާފައެވެ.
މި އާލާތްތަކުގެ އެހީގައި ފޮޓޯތައް އިތުރަށް ރީތިކޮށް، ފުރިހަމަ ކުރުމަށް އެހީވެދޭނެއެވެ. ކިއުއާރު ކޯޑު (QR Code) މެދުވެރިކޮށް އަލްބަމްތައް ހިއްސާކުރުމުގެ ފަސޭހަ ގޮތްްވެސް ގޫގުލް ފޮޓޯސް އިންވެސް ވަނީ ތައާރަފްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ގޫގުލް އެކައުންޓެއް ނެތް މީހުންނަށް ނުވަތަ ގިނަ ބަޔަކަށް އެއްފަހަރާ އަލްބަމް ހިއްސާކުރުން ކުރިއަށްކުރެން އެތައްގުނައެއް ފަސޭހަވެގެންދާނެއެވެ.
ގޫގުލްއިން ބުނާގޮތުގައި މި ބަަަދަލުތައް އަންނަ ހަފުތާތަކުގެ ތެރޭގައި ހުރިހާ ޔޫޒަރުންނަށް ލިބެން ފަށާނެއެވެ.
ގޫގުލް ފޮޓޯ އަކީ އަދިވެސް ދުނިޔޭގެ އެތައް މިލިއަން ބަޔަކު އެމީހުންގެ ހަނދާންތައް ރައްކާކުރަން ބޭނުން ކުރަމުން އަންްނަ އެންމެ ގިނަ މީހުން ބޭނުންކުރާ އެއް އެޕްލިކޭޝަނެވެ. ގޫގުލް ފޮޓޯއަށް އަލަށް ގެނައި މި ބަދަލުތަކާއެކު، މި އެޕްލިކޭޝަން އިތުރަށް މަގުބޫލުވެގެންދާނޭކަމަށް އެ އެޕްލިކޭޝަން ބޭނުންކުރާ މީހުން ބުނެއެވެ.
ގޫގުލް ފޮޓޯއަށް 10 އަހަރު، ސަޅި ފީޗާސްތަކެއް ހިމަނައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ