ޖޭއެސްސީގެ ލަފާ: ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަނުކުރުން

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހައިކޯޓްގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަނު ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އޭސީސީން ޖިނާއީ ތަހުގީގެއް ފެށުމާއެކު ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކޮށްފަ އެވެ. އޭގެ ތެރޭގައި ހުސްނުއްސޫއުދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. މައްސަލަ ބަލަަން ފެށުމުން ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ނުފޫޒު ފޯރުވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ.
ސުއޫދު އިސްތިއުފާ ދެއްވުމުން ހުސްވި ފަނޑިޔާރު ކަމުގެ މަގާމަށް ހުޅުވާލި އެވެ. ދެ ފަހަރެއްގެ މަތީން ހުޅުވާލުމުން ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ.އެއީ ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތާއި ގާނޫނީ ވަކީލް ރުސްދުﷲ އިބްރާހީމެވެ.އެ ބޭފުޅުންނާއި އިންޓަވިއު ކުރުމަށް ފަހު ޖޭއެސްސީން ނިންމީ ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހަމަޖައްސަވަން، ރައީސަށް ލަފާ ދެއްވުމަށެވެ.ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަނު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ނަން ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. 
Advertisement
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ