ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާ އަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ގޮވާލައްވައިފި އެވެ.އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއިލް ވަނީ ސަރުކާރުން ބަޖެޓުގައި ހުރި ހިސާބުތައް ވެސް ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ."މިއަދުގެ ރާއްޖޭގެ ރައީސްކަމުގައި މި ހުންނެވީ ބޮޑު ސްކޭމަރެއް. މޯނޯރެއިލްއިން ފެށިގެން، އަންޑަ ވޯޓާ ޓަނަލުން ފެށިގެން، މާލޭގެ ޕާކިން ސްލޮޓްތަކުން ފެށިގެން މީނާ ހާދާފައި އޮތީ ހުސް ސްކޭމް. މިއީ ސްކޭމް ސަރުކާރެއްގެ ސްކޭމް ރައީސުލްޖުމްހޫރިއްޔާއެއް. މީނާ އިސްތިއުފާ ދެއްވަން އެބަޖެހޭ،" މީކާއިލް ވިދާޅުވި އެވެ.ސަރުކާރުން ކަންކަން އޮޅުވާލައިގެން ހުށަހެޅި ބަޖެޓަކަށް ވޯޓު ދޭން ނުޖެހޭ ކަމަށާއި ރާއްޖެ މިހާރު ހިނގަމުންދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް މީކާއިލް ވިދާޅުވި އެވެ. ރައްޔިތުން މި ބަޖެޓަށް ވޯޓު ދޭ މެންބަރުންނާ ސުވާލު ކުރާނެ ކަމަށް ވެސް އެމްޑީޕީއަށް ނިސްބަތްވާ މީކާއިލް ވިދާޅުވި އެވެ. ބަޖެޓާއި ގުޅިގެން މީކާއިލް ކުރިން ވިދާޅުވެފައިވަނީ ހަރަދު ބޮޑު، އިސްރާފު ވެސް ބޮޑު ބަޖެޓަކީ "ކަޓު ރައީސެއްގެ، ވަރަށް ކަޓު ސިޔާސަތެއްގެ، ކަޓު ހޯދުމުގެ ނިޔަތުގައި ހުށަހަޅުއްވާފައިވާ އޮތް ވަރަށް ކަޓު ބަޖެޓެއް" ކަމަށެވެ.އިތުރަށް ކިޔާލަން: އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ކަޓު ނަގަން އޮތް ބަޖެޓެއް: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ