ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކި ކުރުމުން، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ފަހުކޮޅު ގާނޫނުއަސާސީއަށް ގެނައި ބަދަލު އެގޮތުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
އެނގުން މުހިންމު - ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ހަ ގަޑިއިރު ތެރޭ ގާނޫނުއަސާސީއަށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެނައި އިސްލާހާ އެކު، މަޖިލިސް މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީ ބަދަލުކޮށްފި ނަމަ، އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީއަކުން އެ މެންބަރު ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭނެ އެވެ. އެގޮތަށް މެންބަރުގެ ގޮނޑި ގެއްލެނީ އޭނާ އިންތިހާބުކުރި ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި އެވެ.
ވީ ކިހިނެއް؟ - ޕާޓީން ވަކިކުރާ ހާލަތުގައި، ވަގުތުން ގޮނޑި ގެއްލުމުގެ ބަދަލުގައި އޭގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ އާންމު ވޯޓެއް ނުވަތަ ރޯލް ކޯލް ވޯޓެއް ނަގާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން އަނެއްކާވެސް އިސްލާހެއް ހުށަހެޅުއްވީ މިމަހުގެ 16ގަ އެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އެ ބިލު ދިރާސާ ކުރަމުން ދަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.
ތަފްސީލު - މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ރޯލް ކޯލް ވޯޓު ނަގަން ޖެހޭ ކަމަށް ބަޔާން ކުރާ މާއްދާ އުނިކުރަން ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) އެވެ.
ހުށަހެޅުން ފާސްވީ 50 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.
ތަފްސީލު އަންނަނީ..
ޕާޓީން ވަކިކުރުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތަށް ބާއްވަން ކޮމިޓީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ