އަތޮޅު ކައުންސިލްތައް އުފެއްދުމަށް ޤާނޫނުއަސާސީން ލާޒިމުކުރާ ކުރުން އުވާލުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.
އަތޮޅު ކައުންސިލްތައް އުވާލައްވާނެ ކަމަށް ރިޔާސީ ކެންޕެއިންގެ ތެރެއިންނާއި، އޭގެ ފަހުންވެސް ރައީސް މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.
އެކަމާއި ގުޅޭ ބިލް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު އެވެ. އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމިޓީން ކުރިއަށް ގެންދިޔުމަށްފަހު، މިއަދު ވަނީ ވޯޓަށް އަހާފައެވެ.
އެއާއެކު ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ ވަނީ އަތޮޅުކައުންސިލްތައް އުވާލަން ފެންނަ ކަމަށް ވޯޓް ދެއްވާފައެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން އިސްލާހު ހުށަހެޅީ ގާނޫނުއަސާސީގެ އިތުރުން ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ގާނޫނަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅީ “އަތޮޅު ކައުންސިލް”، މި ލަފުޒު އުނިކުރުމަށެވެ. އޭރުން މި ގާނޫނު އިސްލާހުވެއްޖެނަމަ ދެން އިންތިޚާބުކުރަން ޖެހޭނީ ސިޓީ ކައުންސިލަރުންނާއި ރަށު ކައުންސިލަރުންނެވެ.
ހަމަ އެހެންމެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށްވެސް “އަތޮޅު ކައުންސިލް”، މި ލަފުޒު އުނިކުރުމަށް ހުށަހެޅުމުގެ އިތުރުން، މުޅި އަތޮޅު ކައުންސިލްގެ ބާބު އުނިކުރުމަށާއި، އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ރަށު ކައުންސިލްތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ރިޕޯޓުކުރަން ޖެހޭ ގޮތް ހެދުމަށާއި، 2،000 މީހުންނަށްވުރެ އާބާދީ މަދު ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ތިނަކަށް މަދުކުރަން ހުށަހަޅާފައިވެއެވެ.
އަތޮޅު ކައުންސިލުތައް އުވާލާ އިސްލާހު ކޮމިޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ