ހިޔާ ފްލެޓުތައް އަދި ވިނަރެސް ފްލެޓުތައް ގަންނަން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓު ކުޑަ ކުރަނީ
ހިޔާ ފްލެޓް ނިންމުމަށާއި ވިނަރެސް ފްލެޓު ގަތުމަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ކުޑަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލްގައި އެދިވަޑައިގެންފި އެވެ.ދާދި ދެންމެއަކު މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާ ފްލެޓުތައް ނިންމުމަށާއި ވިނަރެސް ފްލެޓުތައް ގަތުމަށް ދޫކުރި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބީއެމްއެލްއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.އެގޮތުން ހިޔާ ފްލެޓުތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނުގެ އިންޓްރެސްޓް ރޭޓު 12 ޕަސެންޓުން 10 ޕަސެންޓަށް ކުޑަ ކުރުމަށާއި ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓުވެފައިވާ މީހުންނަށް އަލުން ލޯނު ދެއްކޭނެ ގޮތެއް މަގުފަހި ކޮށްދިނުމަށް މަޝްވަރާ ކުރެއްވި ކަމަށް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވި އެވެ.އޭގެ އިތުރުން ވިނަރެސް ފްލެޓް ގަންނަން ދޫކުރި ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓަރެސްޓް ރޭޓް ނުވަ ޕަސެންޓުން އަށް ޕަސެންޓަށް ކުޑަކޮށްދިނުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ