ތައިލޭންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ފަށަން މޯލްޑިވިއަންއާ ހަވާލުކޮށްފި
އެއާ އެމްބިއުލްންސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށްޓަކައި ޞިއްޙީ ވުޒާރާއާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާއިއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރުގެ ނައިބު އަޙްމަދު ހަމްދާން ނާސިރު އެވެ. މި އެެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒު އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރު ހީނާ ވަލީދުއެވެ. މޯލްޑިވިއަން އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޞިއްޙީ ވުޒާރާގެ ދަށުން، މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސް އުފައްދަވައިވާ ކަމަށެވެ. އަދި މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރު މުވައްޒަފުން އަދި ޑްރައިވަރުން ދަނީ މަސައްކަތްކުރަމުން ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ޞިއްޙީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެއާ އެމްބިލަންސްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ، ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ސަރުކާރުގެ ހަފްތާ14ގައި ހިމަނުއްވާފައިވާ ކަމެކެވެ. މިއީ މިދިޔަ އަހަރުގެ މާޗު އެކަކުން ފެށިގެން ދެމުންގެންދާ ޚިދުމަތެކެވެ. މިހާތަނަށް، 1840 (އަށާރަސަތޭކަ ސާޅިސް) ބަލިމީހުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ ކުއްލި އެހީ ބޭނުންވާ ޙާލަތްތަކުގައި، ފަރުވާ ދިނުމަށް، މާލެ ސަރަހައްދަށް އެއާ އެމްބިއުލަންސްގައި ގެނެސްފައިވާ ކަމަށް މޯލްޑިވިއަން އިން މައުލޫމާޠުދީފައިވެއެވެ. ރާއްޖޭން ބޭރުން ބޭސް ފަރުވާގެ ޚިދުމަތް ހޯދުމަށް މިހާރު ގިނައިން އާސަންދަ ދެމުން އަންނަނީ އަވައްޓެރި އިންޑިއާއިން ނަމަވެސް އެ ޚިދުމަތް ތައިލޭންޑާއި ދުބާއީއަށް ފުޅާ ކުރައްވާނެކަމަށް ވެރިކަމުގެ ވަރަށް ކުރީކޮޅު ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވައިފައެވެ. އެ ޚިދުމަތް ކޮންމެ ވެސް ވަރަކަށް ދެމުން އައި ނަމަވެސް އަދި އެހާ ފުޅާކޮށް އެ ޚިދުމަތް ދޭކަށް ނުފަށައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ