ރުޅިއައުމުން ގިނަ ބައަކަށް އެންމެ ފަސޭހައިން ކުރެވޭ ކަމަކީ ދުލުން ނުބައިބަސްތައް ބުނުމެވެ. ނުބައި ބަސްތައް ބުނަމުންގޮސް އެމީހަކަށް ﷲ ތަޢާލާ ލަޢްނަތް ލައްވަވާ މިންވަރަށް ނުބައިބަސްތައް ބުނެއެވެ. މިއީ އަމިއްލައަށް ލިބިގަންނަ ވަރަށް ބޮޑު ދެރައެކެވެ.
ގިނަ ބައަކަށް ބައެއް ކަންކަން ކުރެވެނީ ނުއެނގިތިބެއެވެ. ބައެއް ބަސްތައް ބުނެވެނީވެސް އެކަމުގައި ހުރި ނުރައްކައުތެރިކަން ނުއެނގި ތިބެއެވެ. އަދި ބައެއް މީހުންނަށް ނުބައި ބަސްތައް ބުނެވެނީވެސް ނުބައި ޢަމަލުތައް ކުރެވެނީވެސް ރުޅި އަންނަ ވަޤުތުތަކުގައި ނަފްސް ކޮންޓްރޯލްނުކުރެވިގެންނެވެ. މިއީ ވަރަށް ދެރަ ކަމެކެވެ.
ބައެއް މީހުން ރުޅި އައުމުން ކޮންޓްރޯލް ނުކުރެވި އެހެން މީހުންނަށް ކުއްތާ، މިނިކާވަގު، ސިންގާ، އޫރު ފަދަ ނަންނަމުން ކިޔައެވެ. މިއީ ވަރަށް ދެރަވަރު ކަންކަމެވެ. އިންސާނުން ވެސް ޖަނަވާރުވެސް އުފެއްދެވީ ﷲ ތަޢާލާއެވެ. ނަމަވެސް އެއް ދަރިފަސްކޮޅަކުން ނޫނެވެ.
މިއީ ވަރަށް ނުރައްކައުތެރިކަމެއް ކަމަށް މިބުނަނީ ސަބަބެއް އޮތުމުންނެވެ. މިފަދަ ބަސްތައް ބުނާ މީހުން އެފަދަ ޖަނަވާރުންނަށް އެބަ ބަދަލުވެއެވެ. އެއިގެމާނައަކީ އޭނާގެ ސޫރަ ޖަނަވާރަކަށް ބަދަލުވުމެއް ނޫނެވެ. އޭނާގެ އަޚްލާޤް ބަދަލުވުމެވެ. ޖަނަވާރުން ކުރާ ޒާތުގެ އަނިޔާވެރިކަންކަން ކުރެވުމެވެ. ޖަނަވާރު ފަދައިން އަޑުލައްވައި އަނިޔާވެރި ޢަމަލުތައް ކުރެވޭ މީހަކަށްވެގެންދިއުމެވެ.
ނަތީޖާއަކަށްވާނީ މުޖުތަމައުގެ އިތުރުން އަމިއްލަ ޢާއިލާގައިވެސް އެމީހަކަށް އެއްވެސް ޤަދަރެއް ނެތުމެވެ. އިޙްތިރާމް ގެއްލުމެވެ. މީސްތަކުން ރުލިއައިސް ނަފްރަތުކުރާ މީހަކަށްވެގެންދިއުމެވެ.
އެމީހެއްގެ ކިބައިގައި ހުންނަ ނުބައި ސިފައެއްގެ ސަބަބުން އެމީހަކަށް މީސްތަކުން، ޚާއްޞަކޮށް އަމިއްލަ ޢާއިލާއިން ނަފްރަތުކުރާ މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ނުލިބޭނެއެވެ. އެހެނީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަނީ އަދި އަމުރުފުޅު ކުރައްވަވާފައިވަނީ މީސްތަކުންނަށް ހެޔޮކޮށް ހިތުމަށެވެ. އޯގާތެރިވުމަށެވެ.
--މުފްތީ މެންކުގެ ދަރުސަކުން
ރުޅިއައުމުން އެހެން މީހުންނަށް ބަޅުއޫރު، ކުއްތާ ފަދަ ނަންތައް ކިޔާ މީހުންގެ ގައިގަ އެޖަނަވާރުގެ ސިފަތައް އަށަގަނޭ! މިއީ އެންމެންގެ ލޯބި ގެއްލޭ ނުބައިކަންބޮޑު ޢަމަލެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ