މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 21) - މަޝްހޫރު ފުޓްބޯޅަ ތަރި، ލިއޮނަލް މެސީ، އިންޓަ މިއާމީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މުސާރަ ބޮޑުވާގޮތަށާއި ވިޔަފާރީގެ ފުރުސަތު ފަހިވާ ގޮތަށް އާ ކުރަން މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެސީ، 38، ވަނީ މި ފަހަރުގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ރެގިއުލާ ސީޒަނުގައި 45 ގޯލުގައި ހިއްސާ އަދާކޮށްފަ އެވެ. އެ ގޮތުން، 28 މެޗުގައި މިކަން ހާސިލްކުރި މެސީ އަށް މިއާމީން މިހާރު ވަނީ ކޮންޓްރެކްޓެއް ދޭން ނިންމައިފަ އެވެ.
މިހާރު އޮތްގޮތުން، މެސީ، މިއާމީއާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ މި އަހަރުގެ ނިޔަލަށެވެ. މިއާމީން މިހާރު މެސީ އަށް ދޭން ވާހަކަތައް ފަށާފައިވާ ކޮންޓްރެކްޓަކީ، އިތުރު ދެ އަހަރުގެ އެއްބަސްވުމެކެވެ. އަދި، މި އެއްބަސްވުމާ އެއްގޮތަށް ކަންކަން ފުރިހަމަވެއްޖެނަމަ، މިހާރު މެސީ އަށް ލިބޭ މުސާރަ ދެ ގުނަ އިތުރުވުމުގެ އިތުރުން، އެމެރިކާގައި ރިއަލް އެސްޓޭޓް ވިޔަފާރިކުރަން މިއާމީގެ ވެރިންގެ ކުންފުނިތަކުގެ ތެރެއިން ފުރުސަތު ލިބިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބާސެލޯނާގައި ކެރިއަރުގެ ބޮޑުބައި ހޭދަކުރި މެސީ، އިންޓަ މިއާމީ އަށް ބަދަލުވީ، 2023 ވަނަ އަހަރު އެވެ. އެއީ، ފްރާންސްގެ ޕީއެސްޖީ އަށް ދެ އަހަރު ކުޅެ، އެ ކްލަބްގެ ކޮންޓްރެކްޓް ހަމަކުރުމަށް ފަހު، ހިލޭ ޓްރާންސްފާއެއްގަ އެވެ.
މޭޖަ ލީގު ސޮކާގެ 21 ޓީމެއްގެ މުސާރަ އަށް ވުރެ، އިންޓަ މިއާމީގެ ކެޕްޓަން، މެސީ އަށް މިދިޔަ ސީޒަނުގައި ލިބުނު އާމްދަނީ އިތުރެވެ. ޖެހިޖެހިގެން ތިން ވަނަ ސީޒަނުގައި، އެމްއެލްއެސް އިން އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދިޔަ މެސީ އަށް ވަނީ މިދިޔަ ސީޒަނުގައި، 20.4 މިލިއަން ޑޮލަރު ލިބިފަ އެވެ. މެސީގެ މުސާރައިގެ ގޮތުގައި ހިމެނެނީ، 12 މިލިއަން ޑޮލަރެވެ. ދެން، އިތުރުވަނީ، ސްޕޮންސަޝިޕް ޑީލްތަކުންނާއި މާކެޓިން ބޯނަސް އަދި އެޖެންޓް ފީސްއާ ހުރިހާ ބައެކެވެ. މެސީ އަށް ޖުމްލަ މުސާރައިގެ ގޮތުގައި ލިބުނު އަދަދަށް ވުރެން 21 ޓީމުގެ ޕޭރޯލް އުޅެނީ ދަށްކޮށެވެ.
މެސީ އަށް ބޮޑު މުސާރަ އާއި ވިޔަފާރި ފުރުސަތު ލިބޭ ކޮންޓްރެކްޓެއް މެސީ އަށް ބޮޑު މުސާރަ އާއި ވިޔަފާރި ފުރުސަތު ލިބޭ ކޮންޓްރެކްޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ