ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ނުލިބި ހުރި 10.6 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން ބޮޑު ބަޔަކީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން އެ ކުންފުންޏަށް ނުލިބި ހުރި ފައިސާ ކަމަށް އެ ކުންފުނިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ދިން މައުލޫމާތު ތަކުން ހާމަވެއްޖެ އެވެ.
އެޗްޑީސީގެ ދަރަނީގެ ހިސާބުތަކުގެ އަދާހަމަ ހިއްސާކުރީ އެ ކުންފުންޏަށް ނުލިބި ހުރި ފައިސާ ހޯދުމަށް މީގެ ކުރިން މާލިއްޔަތު ކޮމިޓީން ހުށަހެޅި ކަންކަމާމެދު އަމަލުކޮށްފައިވާ ގޮތް ދިރާސާކުރުމަށް ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެ މައުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތުން މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް އެޗްޑީސީއަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދަކީ 10،616،836،889 ރުފިޔާ އެވެ. މީގެ ތެރެއިން ހަތް ބިލިއަނަށްވުރެ ގިނަ ފައިސާ އަކީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ނުދައްކާ ހުރި ފައިސާ އެވެ.
މިއީ ޖުމްލަ 7.88 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރުން ނުދައްކާ ހުރި ފައިސާގެ އަދަދަށްވުރެ މަދު އަދަދެކެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރާއި އެސްއޯއީތަކުން ނުދައްކާ ހުރީ 7.96 ބިލިއަން ރުފިޔާ އެވެ. އެ ފައިސާގެ ތެރެއިން މި އަހަރު ދައްކާފައިވަނީ އެންމެ 283 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 70.6 މިލިއަން ރުފިޔާ އަކީ އެކި ސަރުކާރުތަކުން ފުލެޓުތަކުގެ ކުލި އަގުހެޔޮކުރަން ނިންމި ނިންމުންތަކުގެ ބަދަލުގެ ގޮތުގައި ސަރުކާރުން އެޗްޑީސީއަށް ދެއްކި ފައިސާ އެވެ.
ސަރުކާރުގެ އިތުރުން އޮގަސްޓު މަހުގެ ނިޔަލަށް ކޮމާޝަލް ކަސްޓަމަރުންނާއި ރެސިޑެންޝަލް ކަސްޓަމަރުން އެޗްޑީސީއަށް ނުދައްކާ ހުރި ކަމަށް އެ ކުންފުނިން ދިން މައުލޫމާތުގައި ބުނެފައިވަނީ 2.7 ބިލިއަން ރުފިޔާ އެވެ.
ކޮމާޝަލް ކަސްޓަމަރުންގެ ދަރަނީގެ ތެރޭގައި ހިމެނެނީ ބިމު ކުލީގެ ގޮތުގައި ނުލިބި ހުރި 686،138،004ރ. އާއި ޑިވެލޮޕްމަންޓު އެންޑް ސޭލްސް ރައިޓްސް ގެ ގޮތުގައި ނުލިބި ހުރި 1،069،272،750ރ. އެވެ. ކޮމާޝަލް ކަސްޓަމަރުން ނުދައްކާ ހުރި ފައިސާގެ ތެރެއިން އެޗްޑީސީއަށް މި އަހަރު ހޯދުނީ 140 މިލިއަން ރުފިޔާ އެވެ.
ރެސިޑެންޝަލް ކަސްޓަމަރުންނަށް ބަލާއިރު، ހިޔާ، ވިނަރެސް، އަދި ފޭސް އެކެއްގެ ފުލެޓުތަކުގެ ކުލީގެ ގޮތުގައި ނުލިބި އެތައް މިލިއަން ރުފިޔާއެއް އެބަހުއްޓެވެ. އެގޮތުން އޮގަސްޓު މަހުގެ ނިޔަލަށް ހިޔާ ފުލެޓުތަކުން 650 މިލިއަން ރުފިޔާ، ވިނަރެސް ފުލެޓުތަކުން 43 މިލިއަން ރުފިޔަ، އަދި ފޭސް އެކެއްގެ ފުލެޓުތަކުން 283 މިލިއަން ރުފިޔާ ކުލީގެ ގޮތުގައި ނުލިބި އެބަހުއްޓެވެ.
މިއަދުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަހުމަދު ސާމިހު ވިދާޅުވީ ނުލިބި ހުރި ފައިސާ ހޯދުމަށް މަޖިލީހުގެ އިރުޝާދު ތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަށްވުރެ މި އަހަރު ހޯދާ ފައިސާ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ފައިސާ ނުދައްކާ ފަރާތްތައް ގޮވައިގެން ކޯޓަށް ދިޔުމާއި އެ ފަރާތްތައް މަރުކަޒީ ބޭންކުގެ ކްރެޑިޓް ލިސްޓުގައި މިހާރު ހިމަނާފައިވާނެކަން ސާމިހު މިއަދު ފާހަގަކުރެއްވި އެވެ. އެ ލިސްޓުގަި ހިމެނުމާއެކެ، އެޗްޑީސީއަށް ފައިސާ ނުދައްކާ ފަރާތްތަކުން އައު ލޯނުތަކާއި ކްރެޑިޓު ފެސިލިޓީތައް ނަގަން ބޭންކުތަކުގައި އެދުމުން އެ ކުންފުންޏަށް ކުއްޔާއި އެހެނިހެން ފައިސާ ދެއްކުމުގެ ރެކޯޑުތަކަށް ބެންކުތަކުން މިހާރު އެދެ އެވެ.
އެޗްޑީސީއަށް ނުލިބި އޮތް 10 ބިލިއަން ރުފިޔާގެ ބޮޑު ބަޔަކީ ސަރުކާރުގެ ދަރަނި އެޗްޑީސީއަށް ނުލިބި އޮތް 10 ބިލިއަން ރުފިޔާގެ ބޮޑު ބަޔަކީ ސަރުކާރުގެ ދަރަނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ