2026ގެ ބަޖެޓް: އެކަނިވެރި މައިންނަށް 3،000، ތެލަސީމިއާ ކުދިންނަށް 1،000 ރުފިޔާގެ އެލަވަންސް

އެކަނިވެރި މައިންނަށްދޭ އެލަވަންސް ބޮޑުކޮށް، ތެލަސީމިއާ ކުދިންނަށް ދޭނެ އެލަވަންސެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ލ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން އެ މަނިކުފާނު ވިދާޅުވީ، އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށެވެ. މިއަންނަ އަހަރު ބަޖެޓު ފާސްވެގެން ދިޔުމުން ޖެނުއަރީ މަހުން ފެށިގެން ސިންގަލް ޕޭރެންޓް އެލަވަންސް (އެކަނިވެރި މައިންނަށްދޭ އެލަވަންސް) ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއަށް ބޮޑުވެގެންދާނެރައީސް ޑރ. މުޙައްމަދު މުއިއްޒު ތަފާސްހިސާބުތަކާ ހަވާލާދީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެކަނިވެރި މައިންގެ އެލަވަންސް ލިބެން ޖެހޭ 5،878 މީހަކު އެބަތިއްބެވެ. އޭގެއިތުރަށް، ތެލަސީމިއާ ޕޭޝަޓުންނަށް 1،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެ އެލަވަންސްއާއެކު، މިހާރު ހޯދާ ފަރުވާއަށް އިތުރު އެހިީއެއް ލިބޭނެކަން ފާހަގަކުރެއްވިއެވެ. އެކަނިވެރި މައިންނަށް ދޭ އެލަވަންސް ބޮޑުކުރުމާއި ތެލަސީމިއާ ކުދިންނަށް އެލަވަންސެއް ތައާރަފުކުރުމަށް ރައީސް މުއިއްޒު ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވިއެވެ. https://sun.mv/181463 މިހާރު ސަރުކާރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދެނީ 2000 ރުފިޔާގެ އެލަވަންސެކެވެ. ނަމަވެސް ކުދިން ތިބި ނިސްބަތުން އެ އެލަވަންސް ބޮޑުވާ ގޮތަށް ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ކުރީގެ އުސޫލުގެ ދަށުން ތިންކުދިންނަށްވުރެ ގިނައިން ތިބި ނަމަވެސް އެކަނިވެރި މައިންނާއި ބަފައިންނަށްދޭ އިނާޔަތުގެ ގޮތުގައި ލިބޭނީ ގިނަވެގެން 3000 ރުފިޔާއެވެ. މިހާރު 10 ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށް 1000 ރުލިފާ ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ