ލ. ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ހަދަން ނިންމައި އެކަމުގެ އެއްބަަސްވުމުގައި ސޮއިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީ ގަމުގެ ރައްޔިތުންނާއި ބައްދަލުކުރެއްްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވަނީ ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ހަދަން ނިންމައި އެކަމުގެ އެއްބަަސްވުމުގައި ސޮއިކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކުރީ ބައިސަން މޯލްޑިވްސް އާ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ އެ ކުންފުންޏާއެކު ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ދިވެހިރާއްޖޭގައި އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ޕްލޭނަށް އިޝާރާތް ކުރައްވަމުން ރައީސް ވަނީ، މިރޭ ސޮއިކުރި ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުންވެ ސް، އެ އަތޮޅުގައި ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް އެކި މަރުޙަލާތަކުގައި ކުރައްވަމުން ގެންދަވާކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ލާމު ގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ހަދަން ބައިސަން ކުންފުންޏަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ