ގަން ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް، ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ތަރައްގީކުރަން ހަވާލުކޮށްފި

ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް، ލ. ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުތަކުގައި ސޮއިކުރެއްވީ، ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައެވެ. ފިނޮޅުގައި ރިސޯޓު ހަދަން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގް ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދާއި ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް މަޖީދެވެ. ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. ގަމު ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ތަރައްގީކުރަން ހަވާލުކުރުން: އެމަޝްރޫއަށް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ރައީސް ވިދާޅުވި --- ފޮޓޯ/ ހެލްތު މިނިސްޓްރީ މި މަޝްރޫއުގެ އިތުރު ތަފުސީލު ދެއްވައި ރައީސް ވިދާޅުވީ، އެ ރިސޯޓު ތަރައްގީ ކުރުމުން ގަމުގެ ޒުވާނުންނާއި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ލިބި، މުޅި އަތޮޅަށް ވެސް ފައިދާ ވާނެ ކަމަށެވެ. އެގޮތުން، ރިސޯޓު ތަރައްގީ ކުރަން އިތުރު ރަށްތައް ހަވާލުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ދާދި އަވަހަށް އިރާދަކުރެވިއްޔާ މި އަތޮޅުގެ ރައްޔިތުންނަށް ހަމަ ޖުމްލަކޮށް ފެނިވަޑައިގަންނަވާނެ އަދި އިތުރު ދެތިން ހަތަރު ރިސޯޓު ހެދުމަށް އެކި ފަރާތްތަކުން އެކި އިންވެސްޓަރުން އެގްރީމަންޓުތައް ހަދައި، މަސައްކަތްތައް ފަށާތަންރައީސް ޑރ. މުޙައްމަދު މުއިއްޒު ލ. އަތޮޅަކީ ފަތުރުވެރިކަމުން ކުރިއަރާފައި އޮތް އަތޮޅަކަށް ހަދައިދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރަށް، ރައީސް މުއިއްޒު ވިދާޅުވީ، ޓާޝަރީ ފެންވަރަށް ހޮސްޕިޓަލު ބަދަލު ކުރުމުގެ މަޝްރޫއަށް ގާތްގަނޑަކަށް 300 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށެވެ. ގަމުގައި ރައީސް ބޭއްވި ޖަލްސާގެ ތެރެއިން: އެ ޖަލްސާގައި ވަނީ، ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށާއި ގަމު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަށް ތަރައްގީ ކުރަން ހަވާލުކޮށްފައި ---- ފޮޓޯ/ ހެލްތު މިނިސްޓްރީ އެގޮތުން، އެކި ދާއިރާތަކުން ސުޕަސްޕެޝަލިސްޓުންނާއި ވަސީލަތްތަކާ އެކީގައި ވަރަށް ފުރިހަމަ ހޮސްޕިޓަލެއް ގާއިމުކުރާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ހޮސްޕިޓަލަށް އެކި ސްޕެޝަލިސްޓު ދާއިރާތަކުން ޑޮކްޓަރުން ހޯދުމަށް އިއުލާނުކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި، ސްޕީޗު ތެރަޕީއާއި ފިޒިއޯތެރަޕީ ފަދަ ދާއިރާތަކަށް ގަމަށް ބަޖެޓު ހަމެޖިފައިވާ ކަމަށާއި އެ ދާއިރާތަކުން ވެސް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ