އެހެން ރަށްރަށުން ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ހަލާސްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހައްދުންމަތީ ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ އެހެން ރަށްރަށުން ގަމަށް ބަދަލުވި ފަރާތްތަކަށް އެލަވަންސްއެއް ދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދުފުޅު ވަރަށް އަވަހަށް ފުއްދަވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖައްސަވާފައި ކަމަށެވެ. ދާދި އަވަހަށް، ކަމާބެހޭ ވުޒާރާތަކުން ޓީމުތައް އައިސް، ބޭނުންވާ މައުލޫމާތުތައް ހޯއްދެވުމަށް ފަހު، ކޮންމެ މީހަކަށް 50،000 ރުފިޔާގެ ރޭޓުން، ޖުމުލަ 8.45 މިލިޔަން ރުފިޔާ، ހައްގުވެރީންގެ އެކައުންޓަށް ޖަމާކުރައްވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ގަމަށް ބަދަލުވީ ކަޅައިދޫ މީހުންނާއި މުންޑޫގެ ބައެއް އާއިލާތަކެވެ.
މިއަހަރުގެ ތެރޭގައި، ލ. ގަމުގައި ޖުމުލަ 300 ހައުސިން ޔުނިޓު ގާއިމުކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިރޭ ސޮއިކުރި، ލ. ގަމުގައި 100 ހައުސިން ޔުނިޓު ތަރައްގީ ކުރުމުގެ މަޝްރޫއާއި، މިހާރު ހިނގަމުންދާ 100 ހައުސިންގ ޔުނިޓުގެ މަޝްރޫއާއި، 100 ހައުސިން ޔުނިޓުގެ އިތުރު މަޝްރޫއެއް ހިމެނޭ ގޮތަށް ގަމުގައި ޖުމުލަ 300 ހައުސިން ޔުނިޓު ގާއިމުކުރެއްވުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދަވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ގަމުގައި 100 ހައުސިން ޔުނިޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކުރީ އެޗްޑީސީއާ އެވެ.
މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ ހައުސިން މަޝްރޫއުތައް ހިންގާނެ އެއް ރަށަށް ލ. ގަން ވާނޭ ކަމުގައި ވިދާޅުވެފަ އެވެ.
ގަމަށް ބަދަލުވީ މީހުންނަށް 8.45 މިލިއަން ރުފިޔާ، ކޮންމެ މީހަކަށް ބައިލައްކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ