މާލޭ ގެތަކުގެ ނަން ބޯޑު ހަރުކޮށްފައި ބެހެއްޓުމަށް އަންގައިފި

މާލޭގެ ގެތަކުގެ ނަންބޯޑު އާއްމުކޮށް ފެންނަ ގޮތަށް ބެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
ވީ ކިހިނެއް؟- ސިޓީ ކައުންސިލުން މިއަދު ގެޒެޓު ކޮށްފައިވާ އިއުލާނެއްގައި ބުނީ، މާލެ އާއި ވިލިމާލޭގެ ގެތަކަށް އެތަނުން ރަސްމީ ކަންކަމުގައި ޒިޔާރަތްކުރާއިރު، ކުރިން ފެންނަ ގޮތަށް ގޭގޭގެ ނަންބޯޑު މިހާރު ފެންނަން ނުހުންނަ ކަމަށެވެ.
އަދި އޭގެ ސަބަބުން، ކައުންސިލުން ހިދުމަތް ދިނުމަށް ދަތިވާ ކަމަށް ބުންޏެވެ.
"[އެހެންވެ] މިކަން ހައްލު ކުރުމަށް، މިއަދުން ފެށިގެން ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަ ގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބެހެއްޓުމަށް ދަންނަވަމެވެ،" ކައުންސިލްގެ އިއުލާނުގައި ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ