ރިޔާސީ އިންތިހާބު 2023: އުމަރު ކެންޑިޑަސީ ހުށަހަޅުއްވައިފި
ރިޔާސ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ކެންޑިޑަސީ ފޯމް ހުށަހަޅުއްވައިފިއެވެ.އުމަރު ނަސީރު މީގެ ކުޑައިރުކޮޅެއް ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގް އާއި ފޯމު ހަވާލު ކޮށްފައިވަނީ އެމަނިކުފާނަށް ސަޕޯޓް ކުރައްވާ ގިނަ ބަޔަކާއި އެކީ ކުޑަ ރަސްމިއްޔާތަކާއި އެކުއެވެ.އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ އުމަރުގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ އުމަރުގެ ދުވަސްވީ އެކުވެރިޔާ، މާޒް ސަލީމްއެވެ.އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އޮންނާނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ