އަޅުގަނޑުގެ ވެރިކަމެއްގައި ފުލެޓްތަކާއި ގެތަކުން ދައުލަތަށް ދައްކާ ކުލި މައާފް ކޮށްދޭނަން: ގާސިމް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއްޖެނަމަ ފުލެޓު ތަކާއި ގެތަކުން ދައުލަތަށް ދައްކާ ކުލި ނުވަތަ އެނޫންވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މާލޭ ދާއިރާގެ ޒުވާނުންނަށް ހާއްސަ ކޮށްގެން "35-18" ނަމުގައި ރޭ ބްރިޖް ޕްލެޓްފޯމްގައި ބޭއްވި ހަރަކާތަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ. 
އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް ސަރުކާރުން ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓްކަމަށްވިޔަސް، ގެކަމަށްވިޔަސް، ދައުލަތަށް ލާރި ދައްކާކަމަށް ވަންޏާ އެހުރިހާ ފައިސާއެއް މާފުކޮށްދޭނަމޭ.
ގާސިމް އިބްރާހިމް 
މިއާއެކު ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް 20،000 ހައުސިން ޔުނިޓް އަޅުއްްވާނެ ކަމަށެވެ. އަދި އެގޮތުން ރާއްޖޭގެ އަތޮޅު ތަކާއި، މާލޭގައިވެސް އަޅާ ހައުސިން ޔުނިޓްތަކަށްވެސް ކުލީގެ ގޮތުގައި ދައުލަތަަށް ފައިސާ ދައްކާން ނުޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. 
މިއާއެކު ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ފުލެޓު ލިބޭނީ އެކަމަށް ގާބިލް، އެންމެ އެކަށީގެންވާ، ގެދޮރަށް ބޭނުންވެފައިވާ މީހުންނަށް ކަމަށެވެ. އަދި އެ ޕާޓީގައި ހުރި މީހަކަށް ވީތީ އެކަމުގައި އިސްކަން ނުދެއްވާނޭ ކަމަށްވެސް ވިދާޅުވި އެވެ.
"އެއީ ކޮންމެ ޕާޓީއެއްގައި ހުރި މީހެއްކަމުގައި ވިޔަސް ކޮށްމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް އެކަމުގައި އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންނަށް އަޅުގަނޑުމެން އެކަން ކޮށްދޭނީ."
ގާސިމް އިބްރާހިމް 
މީގެ އިތުރުން ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ވަޒީފާ އަދާކުރަން ކެރޭ ކޮންމެ ޒުވާނަކަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ޒުވާނުންނަކީ ހުނަރުގެ ގޮތުން ގާބިލު ބައެއް ކަމަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
"މިހެން ދަންވާއިރުވެސް އެންގިވަޑައިގަންވާނެ، ވަޒީފާއަކަށްދާ އިރު، އެ ކުއްޖެއްގެ ސްކިލް ހުރި ގޮތަކުން، އެ ކުއްޖެއްގެ ތައުލީމީ ފެންވަރު ހުރި ގޮތަކުން އެ ކުއްޖާކަށް ރަނގަޅު ވަޒީފާތައް ލިބުމާއި ނުލިބުން އޮންނާނީ. އެހެންނަމަވެސް ދަންނަވަން މި އުޅޭ ވާހަކައަކީ ޒުވާން އެއްވެސް ކުއްޖަކަށް ވަޒީފާއެއް ނުލިބި ހުންނާކަށް ނުޖެހޭނެ،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ