ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ތާއީދު މުއިއްޒުއަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް އަހުމަދު) ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
މެމްބަރު ރަޝީދު މަޖިލީހަށް އިންތިހާބުވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދަށް ލިބުނު ނާކާމިޔާބީއާއެކު ރައީސް ނަޝީދަށް ވަފާތެރި މެމްބަރުން ގުޅިގެން އުފެއްދި ދަ ޑިމޮކްރެޓްސް އަށް ރައީސް ނަޝީދު އާއެކު ރަޝިދު ވަނީ ސޮއިކުރައްވައިފައެވެ.
ނަމަވެސް ޑިމޮކްރެޓްސްގެ އެއްވެސް ހަރަކާތަކުން ރަޝީދު ފެނިގެނެއް ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ