މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ފެށި މާލޭ ޓެކްސީގެ ޚިދުމަތްދިނުމަށް ތައްޔާރުކުރެވުނު މޮބައިލް އެޕްލިކޭޝަން އަންނަ ހަފްތާއިން ފެށިގެން ބޭނުންކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ރައީސް އޮފީހުގައި ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެޕްލިކޭޝަން ތައްޔާރުކޮށް ނިމި މިހާރު އެޕަލް ޕްލޭ ސްޓޯރުގެ އެޕްރޫވަލް ލިބިފައިވާ ކަމަށާއި، އަދި ގޫގްލް ޕްލޭސްޓޯރުގެ އެޕްރޫވަލް ހޯދުމުގެ މަސައްކަތްވެސް މިހާރު ހިނގަމުންދާކަމަށެވެ. އަދި އުއްމީދަކީ މިފެށޭ ހަފްތާތެރޭގައި މޮބައިލް އެޕްލިކޭޝަން ބޭނުންކުރަން ފެށުންކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
"އެމްޓީސީސީން ގުޅިގެން. އެޕްލިކޭޝަންގެ ޒަރިއްޔާއިން ޚިދުމަތް ދޭން ފެށުމުން މައްސަލަތައް މަދުވެ، ޓްރަބަލް ފްރީ ޚިދުމަތެއް ލިބިގެންދާނެ." މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ސައީދުވަނީ އެމްޓީސީސީގެ މާލެ ޓެކްސީގެ ޚިދުމަތުގެ ބައެއް ތަފާސްހިސާބުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެޕްރީލް 13 އިން 18 އަށް އެކަނިވެސް 11,128 ދަތުރު ކޮށްފައިވާކަމަށާއި އަދި ވެބް އެޕްލިކޭޝަން ލޯންޗުކުރި ފަހުން އެޕްރީލް 18 އިން މެއި 1 އާ ހަމައަށް 7,251 ދަތުރު ނަގާފައިވާ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، މިމަހުގެ 2ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
އެމްޓީސީސީގެ ޓެކްސީ އެޕް އަންނަ ހަފްތާގައި ބޭނުންކުރަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ