ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 6 ލައްކައިން މައްޗަށް

އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %6.5 އިތުރުވުމެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 601،707 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.
* ޖަނަވަރީ: 227،403 ފަތުރުވެރިން
* ފެބުރުވަރީ: 254،365 ފަތުރުވެރިން
* މާރިޗު 23ގެ ނިޔަލަށް: 119،939 ފަތުރުވެރިން
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1292 ތަނެއް ވަނީ ހުޅުވާފައެވެ. އަދި މި ތަންތަނުގެ ބެޑް ކެޕޭސިޓީ 67،454 އަށް އަރައެވެ.
* ޗައިނާ: 90،189 ފަތުރުވެރިން
* ރަޝިއާ: 72،934 ފަތުރުވެރިން
* އިނގިރޭސިވިލާތް: 56،593 ފަތުރުވެރިން
* އިޓަލީވިލާތް: 54،955 ފަތުރުވެރިން
* ޖަރުމަނުވިލާތް: 38،711 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއަށް ވައިގެ މަގުން 595،405 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ކަނޑުމަގުން 6،302 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 405،798 ފަތުރުވެރިންނެވެ. އަދި ގެސްޓްހައުސްތަކުގައި 156،223 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. ހޮޓެލްތަކުގައި 17،063 ފަތުރުވެރިން އަދި ސަފާރީތަކުގައި 12،615 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ