އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤުވާމީ ހަކަތައިގެ ބާޒާރަށް ލޮޅުން އަރާފައިވާ މި ދަނޑިވަޅުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ އައު އުސޫލުތަކެއް އީރާނުން އިޢުލާންކޮށްފިއެވެ. އީރާނުން އެކުވެރި ދައުލަތްތަކާއި (އދ) އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް ފޮނުވި ރަސްމީ ނޯޓެއްގައި ބުނީ، އީރާނުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން "ދުޝްމަނުން ނޫން" ޤައުމުތަކުގެ އުޅަނދުފަހަރަށް އެ ސަރަޙައްދުން އަމާންކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު އޮންނާނެ ކަމުގައެވެ. ދުޝްމަނުންގެ ގޮތުގައި އީރާނުން އިޝާރާތްކޮށްފައި މި ވަނީ އެ ޤައުމާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާ އެމެެރިކާއާއި ޔަހޫދީންނަށެވެ.
މި ނިންމުމަކީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އީރާނުން އެޅި ހަރުދަނާ ފިޔަވަޅެކެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން އދގެ ސަލާމަތީ މަޖިލީހަށާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝަށް ފޮނުވި މި ނޯޓު، އިނގިރޭސިވިލާތުގައި ހުންނަ އދގެ ކަނޑު ދަތުރުފަތުރާ ބެހޭ އިދާރާގެ 176 މެންބަރު ޤައުމާ ވެސް ވަނީ ހިއްސާކޮށްފައެވެ.
"އީރާނާ ދެކޮޅަށް ހިންގާ ޢުދުވާނީ އަމަލުތަކުގައި ބައިވެރިނުވާ އަދި އެ ފަދަ ކަންކަމަށް އެހީތެރިނުވާ ދައުލަތްތަކަށް ނިސްބަތްވާ އުޅަނދުފަހަރަށް، އީރާނުން ކަނޑައަޅާފައިވާ ސަލާމަތީ އުސޫލުތަކަށް ފުރިހަމައަށް ބޯލަނބާނަމަ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ލިބޭނެ،" އީރާނުގެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް، މި ހުއްދައިގެ ތެރެއިން އެމެރިކާއާއި ޔަހޫދީން ވަނީ އިސްތިސްނާކޮށްފައެވެ. އީރާނުން ބުނީ، އެ ޤައުމާ ދެކޮޅަށް ޢުދުވާން ހިންގާ ފަރާތްތަކަށް ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމުގެ އެއްވެސް ޙައްޤެއް ނޯންނާނެއެވެ. "އެމެރިކާ ނުވަތަ ޔަހޫދީންނަށް ނިސްބަތްވާ، ނުވަތަ އެ މީހުންގެ ޢުދުވާނުގައި ބައިވެރިވާ އެއްވެސް އުޅަނދަކީ 'އަމާން ދަތުރުވެރިއެއްގެ' ދަރަޖަ ލިބިގެންވާ ފަރާތްތަކެއް ނޫން،" ކަމުގައި އެ ބަޔާނުގައިވެއެވެ.
ޔަހޫދީންނާއި އެމެރިކާ ނޫން ޤައުމުތަކަށް ހުރްމުޒް ކަނޑުއޮޅި ބޭނުންކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ