ލަންޑަން (މާޗް 25) - އާސެނަލްގައި ވިދަމުން އަންނަ 16 އަހަރުގެ ފޯވާޑް، މެކްސް ޑައުމަން، މި އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ކުޅޭ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިނގިރޭސި ޓީމުގެ ސްކޮޑުގައި ހިމެނިގެން ދިއުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް އާސެނަލާއި އިނގިރޭސި ކުރީގެ ފޯވާޑް، ތިއޯ ވޮލްކޮޓް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ ޑައުމަން އަށް، އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް މި ފަހަރު ނެގި 35 ކުޅުންތެރިންގެ ސްކޮޑުން ފުރުސަތު ނުދެ އެވެ. އެ ނިންމުމާ މެދު ގިނަ ބަޔެއްގެ މަސްހުނި ހިޔާލުތަކެއް ހުރިއިރު، އެންމެ މުހިންމު ވާހަކަތަކެއް ހިއްސާކުރީ އިނގިރޭސި ކުރީގެ ފޯވާޑް ވޮލްކޮޓް އެވެ.
ވޮލްކޮޓް ވަނީ އުމުރުން 17 އަހަރުގައި 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އެ ފަހަރުގެ އިނގިރޭސި ފުޓްބޯޅަ ޓީމުގެ ވޯލްޑް ކަޕް ސްކޮޑަށް ވޮލްކޮޓް ނަގަން، އިންގްލެންޑްގެ އޭރުގެ ކޯޗު ސްވެން ގޯރަން އެރިކްސަން ނިންމުމުން ގިނަ ބަޔަކު ވަނީ އެ ނިންމުމަށް ފާޑުކިޔައިފަ އެެވެ. ވޮލްކޮޓް ބުނީ، މިހާރު އެ ނިންމުން އައި ގޮތާ މެދު ވިސްނާލުމުން ކަންބޮޑުވާން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
އަމިއްލަ ތަޖުރިބާ އިން ވިސްނާފައި، ހިޔާލެއް ހިއްސާކުރާނަމަ ޑައުމަން އަށް ދޭނެ ލަފަޔަކީ ވޯލްޑް ކަޕަށް މި ފަހަރު ނުދިއުމަށް ކަމަށެވެ.
"މިއީ އަހަރެން އޭނަ އަށް ރަނގަޅު ގޮތެއް ވާން ނޭދޭތީ ބުނާ އެއްޗެއް ނޫން. އަހަންނަށް އަމިއްލަ އަށް ތަޖުރިބާކުރެވުނު ކަންކަަމަށް ބަލާއިރު، އަހަރެން ކަންކަން ބަދަލުކުރާނަން، (2006 ގެ ވޯލްޑް ކަޕަށް ނުދާނަން)،" ވޮލްކޮޓް ބުންޏެވެ.
2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ވޮލްކޮޓް.
ވޮލްކޮޓް ބުނީ، 17 އަހަރުގެ ކުޅުންތެރިއަކު އަމިއްލަ ކޮންފިޑެންސާ އެކު، ގިނަ ވަގުުތު ކުޅެގެން ޑިވެލޮޕްވާން ވިސްނުމަކީ ދިގު ކެރިއަރަކަށް އެޅޭނެ އެންމެ ބޮޑު ބިންގާ ކަމަށެވެ. އަވަސް އަރުވާލައިގެން ކަންކަން ނިންމުމުން ގިނަ ފަހަރު އޭގެ ގެއްލުން މުޅި ކެރިއަރާ މެދު ވިސްނާއިރު ބޮޑު ކަމަށް ވޮލްކޮޓް އަމިއްލަ ތަޖުރިބާގެ އަލީގައި ވަނީ ބުނެފަ އެވެ.
ޑައުމަން އަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް ކަމަށާއި އެކަމަކު އެ އުމުރުގައި އެ ލެވަލްގެ ކުޅުންތެރިއަކަށް ރަނގަޅު މަގު ދައްކައިދިނުމަކީ، ކްލަބާއި ދެން ތިބި މީހުންގެ މުހިންމު ޒިންމާއެއް ކަމަށް ވޮލްކޮޓް ވަނީ ފާހަގަކޮށްފަ އެވެ.
ވޮލްކޮޓް އެދެނީ 16 އަހަރުގެ ޑައުމަން ވޯލްޑް ކަޕަށް ނުދާން ވޮލްކޮޓް އެދެނީ 16 އަހަރުގެ ޑައުމަން ވޯލްޑް ކަޕަށް ނުދާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ