ފައިދާ އިތުރު ކުރީ ވިޔަފާރި ފުޅާކޮށްގެން : ބީއެމްއެލް ސީއީއޯ

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ފައިދާ އިތުރުވަނީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އޮޕަރޭޓިން އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިތުރަށް ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ބޭންކުން ނަގާފައިވާ ލޯނުތައް ނުދައްކާ ފަރާތްތަކުގެ ނިސްބަތްވެސް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1 އިންސައްތަ ދަށް ކުރެވުނު އިރު، ކުންފުނީގެ ރައުސްމާލުގެ ފުދުންތެރިކަން ހުންނަންޖެހޭ ރޭޝިއޯވެސް %48.1 ހިފެހެއްޓިފައިވާކަމަށެވެ. އަދި މިއީ ގާނޫނީގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ ހަތަރު ގުނަ އިތުރު އަދަދެއް ކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ނިމިގެންދިޔަ 2025 ވަނައަހަރަކީ ބޭންކް އޮފް މޯލްޑިވްސްއަށް ކުރިއެރުން ގިނައަހަރެއްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، މުޅިން އަލަށް 30،000 ކަސްޓަމަރުން ބީއެމްއެލްއާ ގުޅުނުއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 16 ޕަސެންޓްގެ އިތުރުވުމާއެކު މިހާރު ހުރީ 37.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި ިއިން ދައްކުވައިދެނީ ބޭންކުގެ ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެކު ބީއެމްއެލްއަށް ކަސްޓަމަރުން ކުރާ އިތުބާރު ބޮޑުވަމުން އަންނަކަންކަން ކަމަށްވެސް ޝަރީފް ފާހަގަކުރެއްވި އެވެ.
2025 ވަނައަހަރަކީ މާލީގޮތުންވެސް ބޭންކް އޮފް މޯލްޑިވްސް އަށް ފުރިހަމަ ކާމިޔާބެއް ލިބުނު އަހަރެއް ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ޓެކުހަށް ކެނޑުމަށް ފަހު ސާފުފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރާއި އަޅައިބަލާއިރު 10 ޕަސެންޓްގެ ކުރިއެރުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ