ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން ގަވާއިދެއް ހަދައިފި އެވެ.
ހުޅުމާލޭގެ އާބަން ތަރައްގީ ހަރުދަނާކުރުމަށްޓަކައި ”ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު“ ގެ ނަމުގައި ހަދާފައިވާ އެ ގަވާއިދާއެކު 901 އަކަފޫޓަށްވުރެ ބޮޑެތި ރެސިޑެންޝަލް ޕްލޮޓްތަކުގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދީފައިވެ އެވެ. އެކަމަށް ހުއްދަ ދީފައިވަނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އެ ގަވާއިދުގައި އިމާރާތުގެ ބުރިތައް ބޭނުންކުރާނެ ގޮތާއި ފްލޯ ސްޕޭސް އިންޑެކްސް އަދި ހުސްޖާގަ ބަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައަޅާފައިވެ އެވެ. އަދި ވަކި ވިޔަފާރި ކުރެވުނު ނަމަވެސް، ސިނާއީ މަސައްކަތާއި ގުދަންކުރުން ފަދަ އާންމުންނަށް އުނދަގޫވާ ކަންކަން ކުރުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން 18.5 މީޓަރަށްވުރެ އުސް އިމާރާތްތަކުގައި ޕާކިންގް ހާއްސަކުރުމާއި ލިފްޓާއި ސީލިންގެ އުސްމިން ފަދަ ތަފުސީލީ މިންގަނޑުތައް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.
އެގޮތުން ހުޅުމާލެ ފޭސް 2ގެ އިމާރާތްތަކުގައި ފައިބާ ކޭބަލް ޑަކްޓް ހިމެނުން ލާޒިމުކޮށްފައިވާއިރު، ހުރިހާ އިމާރާތެއްގެ ފުރާޅަކީވެސް ސޯލާ ޕެނަލް ހަރުކުރެވޭ ގޮތަށް ފަރުމާކުރަންޖެހޭ ތަންތަނަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ރޭމްޕްތައް ހުންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ