ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ފައިސާ އަންނަ މަހު ދައްކާ ނިންމޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - އަންނަ އޭޕްރީލްގައި މުއްދަތު ހަމަވާ މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަން ޖެހެނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް އަދި އޮކްޓޯބަރު މަހު އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ތާވަލާ އެއްގޮތަށް ސުކޫކު ދައްކަން އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.
ތަފްސީލު - ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ އެ ސުކޫކާ ބެހޭ ބައެއް މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
ޒަމީރު ވިދާޅުވީ ރިޔާސީ ބަޔާނުގައިި ރައީސް އިއުލާންކުރެއްވީ އޭރު އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށްގެން ރޭވިފައި ހުރި ކަންކަން ކަމަށާއި އެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
"8 އޭޕްރީލްގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ކުރީއްސުރެ ރާވަމުން އައި ހުރިހާ ކަމެއް ބަރާބަރަށް ޝެޑިއުލްއާ އެއްގޮތަށް ރޭވިގެން، ޑިސްބާސްމަންޓްތައް ވެސް އޭގެ އެޖެންޓުންނާ ކުރަންޖެހޭ މުއާމަލާތްތައް ކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ސުކޫކު ދައްކައި ނިމުމުން އެއާ ބެހޭ އިތުރު މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.
ގުޅުންހުރި ކަމެއް - ރާއްޖެއިން މިއަހަރު ދައްކަން ޖެހޭ އެންމެ ބޮޑު ބޭރުގެ ދަރަނި ކަމަށްވާ 500 މިލިއަން ޑޮލަރުގެ ސްކޫކް ވަގުތުން ވަގުތަށް ދައްކަން ޖެހުނަސް، އެ ފައިސާ ވެސް ދެއްކޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ކުރިން ދެއްވާފަ އެވެ.
މި މަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެކަމަށްޓަކައި 650 މިލިއަން ޑޮލަރު ރައްކާކޮށްފައި އެބަހުރި ކަމަށާއި 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ފަހު ވެސް 150 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުންނާނެ ކަމަށެވެ.
ސްކޫކަށް 500 މިލިއަން ޑޮލަރު އަންނަ މަހު ދައްކައި ނިންމޭނެ: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ