ފަސް ރަށެއްގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އެމްޓީސީސީއަށް

ފަސް ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
މިމަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އެވުޒާރާގެ އޮފީހުގައި ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުންތަކުގައި އެވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފެވެ.
މިއަދު ޙަވާލުކުރި މަޝްރޫޢުތަކަކީ، ⁠ލ. މުންޑޫ ބަނދަރު ތަރައްޤީ ކުރުމާއި، ⁠ގދ. ހޯނޑެއްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ⁠ގއ. ނިލަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ⁠ނ. ލަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަޙައްދު އަދި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ އިތުރުން ރ. އަނގޮޅިތީމު ބަނދަރާއި ޖެޓީގެ އިތުރުން އެ ރަށުގެ މޫދަށް އެރޭ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢެވެ.
243މ އެއްގަމު ތޮށި ޖެހުން
- 01 ރޭމްޕް ހެދުން
- 09 މަގު ބައްތި ހަރުކުރުން
- 1215 އަކަމީޓަރު ދުވާރު ހެދުން
- 106 މީޓަރު ރިވެޓްމަންޓް ޖެހުން
- 249 މީޓަރު ބޭރުތޮށި ޖެހުން
- 831މ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން
- 539މ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން
- 225މ ބޮޑުހިލައިގެ ގްރޮއިން ޖެހުން
މުންޑޫގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ގދ. ހޯނޑެއްދޫގެ މަޝްރޫޢު 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ޙަވާލުކޮށްފައިވާއިރު، ގއ. ނިލަންދޫގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ނ.ލަންދޫއާއި ރ. އަނގޮޅިތީމުގެ މަޝްރޫޢު ނިންމުމަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލްއާއި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްޓީސީސީން އަންނަނީ، މުޅިރާއްޖެ ހިމެނޭހެން އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ