ޝަކުވާ ބޮޑުވުމުން, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޑޮމެސްޓިކް ޓާމިނަލް، ޓާމިނަލް 2 ކައިރިން ޓެކްސީ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، މިއަދުން ފެށިގެން ޓާމިނަލް 2ގެ ކުރިމަތީ އޮންނަ ސަރަހައްދު ފަސިންޖަރުން ބޭލުމަށާއި އެރުވުމަށް ޖާގަ ހާއްސަކޮށްފައިވާ ކަމަށެވެ. މި އާ އިންތިޒާމުތަކަށް އާންމުން އަހުލުވެރިކުރުވުމަށާއި ޓްރެފިކް ބެލެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވަމުން ދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ޓާމިނަލް 2 އަށް ޑޮމެސްޓިކް ފްލައިޓްތަކުގެ އޮޕަރޭޝަން ބަދަލުކުރި ފަހުން ޑޮމެސްޓިކް އެއާޕޯޓުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދަން ދާންޖެހެނީ ޓާމިނަލް 1ގެ ގޭޓް ތިނެއް ކުރިމައްޗަށެވެ. އެއީ ވީއައިއޭއަށް ވަދެގެން އަންނައިރު ސައިކަލު ޕާކުކުރަން އޮންނަ ސަރަހައްދުގެ ކުރިމައްޗަށް ހުންނަ ގޭޓެވެ.
އެ ބަދަލާއެކު ޓެކްސީ ހޯދުމަށް މާދުރަށް ހިނގަންޖެހޭތީ ދަތުރުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޝަކުވާ ބޮޑުވުމުން, ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭ ގޮތަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ