ގަފޫރު ވަކިކުރަން މިއަދު ހުށަހަޅަނީ؛ ގައުމީ މަޖިލިސް ބާއްވަން 50 މީހުން ސޮއިކޮށްފި

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލްގަފޫރު މުސާ (ގަފޫރު) ވަކިކުރުމަށް މިއަދު ހުށަހަޅާނެ ކަމަށް އެ ކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެފި އެވެ. އަދި އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ގައުމީ މަޖިލިސް ބާއްވަން އެދި ރެއިން ފެށިގެން ވަނީ ސޮއި ހަމަ ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ވީ ކިހިނެއް؟ - ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ ގަފޫރު މަގާމުން ވަކިކުުރުމުގެ މަސައްކަތް އެމްޑީޕީ ތެރެއިން ބަޔަކު ފެށީ، އޭނާ ސޮއިކޮށް، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް (މާއްޓެ) މަގާމުން ވަކިކުރަން އިއްޔެ ސިޓީ ފޮނުވާފައި ވަނިކޮށެެވެ. އެގޮތުން: 
އިބްރާހިމް ވަހީދާއި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އޭނާ މަގާމުން ވަކިކުރަން ގަފޫރު ސިޓީ ފޮނުވީ އަސާސީ ގަވައިދާ ހިލާފަށް؛ އެހެންވެ އެ ސިޓީ އަނބުރާ ގެންދިޔުމަށް ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލާފައިވޭ
ގަފޫރުގެ އެ ނިންމުން އައީ، މިދިޔަ ހޯމަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި އެޖެންޑާ ފައިނަލް ކުރި ގޮތުން އެ ޕާޓީގެ ފެކްޝަންތަކުގެ މެދުގައި ކޯޅުން ބޮޑުވެފައި ވަނިކޮށް
މި ކޯޅުންގަނޑުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެ ޖަލްސާ ބޮއިކޮށްޓްކޮށްފައި
އެއާއެކު ގަފޫރުގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވި؛ އަދި ގަފޫރުގެ ދިފާއުގައި ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ޝޯޝަލް މީޑީއާގައި މިހާރުވެ ވަނީ ޕޯސްޓު ކުރަން ފަށާފައި
ތަފްސީލު - މިކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން 'ދައުރު'އަށް ކިޔައިދިން ގޮތުގައި ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެދި މިހާރު 50އަށް ވުރެ ގިނަ މެންބަރުން ސޮއި ވަނީ ހަމަކޮށްފަ  އެވެ.
"ގަފޫރު ވަކިކުރުމުގެ ގަރާރު މިއަދު ހުށަހަޅާނަން. ގައުމީ މަޖިލިސް ބާއްވަން އެދި ހުށަހަޅާ ހުށަހެޅުން ލަސް މި ވަނީ، އަދިވެސް ބައެއް މީހުން ރަށުން ބޭރުގައި ތިބުމުން ސޮއި ކުރަން ބޭނުންވާތީ،" މިކަމުގައި އިސްކޮށް އުޅޭ އެކަކު ބުންޏެވެ.
ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް އެދި ހުށަހަޅަން ޖެހެނީ މަދުވެގެން 10 މެންބަރުންގެ ސޮޔެވެ.
ފާހަގަކޮށްލެވޭ - އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން ގަފޫރު ވަގުތީ ޗެއާޕާސަންއަކަށް ހަމަޖައްސާފައި ވަނީ، މިދިޔަ ޑިސެމްބަރު މަހު އެވެ. ގަފޫރު އެ މަގާމަށް އައްޔަން ކުރަން ގައުމީ މަޖިލީހުގެ 65 މެންބަރުން އޭރު ތާއީދު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ