އެލައިޑް ކޮމިއުނިޓީ އަދި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އާއިލާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވުރެ އަގު ބޮޑު ހަދިޔާއެއް ކޮބާ؟ ފާއިތުވި އަހަރުތަކުގައި އެލައިޑުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި- އަމީލް އެލައިޑްގެ އައްޑޫ ބްރާން

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުންނާ ގުޅިގެން ހިންގާ “ރައްކާ” ކެމްޕޭން މި އަހަރު ވެސް ކުރިއަށް ގެންދިއުމަށް އެލައިޑް އިންޝުއަރެންސް އިން މޯލްޑިވްސް ޕޮލިސް ސާވިސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެލައިޑްގެ 41 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، “ރައްކާ 2026” ގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒެވެ. އަދި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ.
މިއީ 2014 ވަނަ އަހަރުން ފެށިގެން އެލައިޑްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ހިންގަމުން އަންނަ އެންމެ ކާމިޔާބު އެއް ހަރަކާތެވެ. މި ކެމްޕޭންގެ މައިގަނޑު އަމާޒަކީ މަގުމަތީގެ ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުވައި، ނުރައްކާތެރި ހާދިސާތަކުން މުޖުތަމައު ރައްކާތެރިކުރުމެވެ.
މި ރަސްމިއްޔާތުގައި އެލައިޑުން ވަނީ ކުންފުނީގެ މުހިންމު އެހެން ނިންމުންތަކެއް ވެސް އިއުލާންކޮށްފައެވެ. އެގޮތުން އެލައިޑްގެ އިސްލާމިކް ވިންޑޯ “އަޔާދީ ތަކާފުލް” ގެ ނަން “އެލައިޑް ތަކާފުލް” އަށް ރީބްރޭންޑްކޮށް، އާ ލޯގޯ ވަނީ ދައްކާލާފައެވެ. އަދި ނިމިދިޔަ 2025 ވަނަ އަހަރަކީ މާލީ ގޮތުން ރެކޯޑު އަދަދަކަށް އާމްދަނީ ލިބި، ބައިނަލްއަގުވާމީ އެވޯޑްތަކެއް ހާސިލްކުރެވުނު ތާރީޚީ އަހަރެއްކަން ކުންފުނިން ފާހަގަކުރިއެވެ.
އަހަރީ ދުވަހުގެ އުފަލުގައި، މަގުމަތީގެ ރައްކާތެރިކަމަށް ބާރުއެޅުމުގެ ގޮތުން ޚާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފައެވެ. އެގޮތުން އޮންލައިންކޮށް މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީ ނަގާ ފަރާތްތަކުގެ ތެރެއިން، ފުރަތަމަ 41 ކަސްޓަމަރުންނަށް 25 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 15 ގެ ނިޔަލަށެވެ.
އެލައިޑުން ބުނި ގޮތުގައި 2026 ވަނަ އަހަރު އެ ކުންފުނިން މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދުޅަހެޔޮ ސިއްހަތާއި ރައްކާތެރިކަމަށެވެ. ފުލުހުންނާ އެކު ވެވުނު މި އެއްބަސްވުމަކީ ވެސް އެ އަމާޒަށް ވާސިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ