މިއަހަރުގެ ރަމަޟާން މަސް ފެށެން ދެން މިއޮތޯ ދާދި މަދު ދުވަސްކޮޅެކެވެ. އެހެންވެ ފުރަތަމަ ކަމެއްގެ ގޮތުންވެސް ޢާއިލާގެ އެންމެން އެއްގަލަކަށް އަރާށެވެ! މަންމަ ޢާއި އަނބިމީހާ އަދި އެނޫންވެސް މީހެއްގެ މެދުގައި އެއްވެސް މައްސަލައެއް އޮތް ނަމަ އެކަމެއް ޙައްލުކޮށް އެންމެން ޞުލްޙަވެރިކުރުވާށެވެ.
ރޯދަ ހިފައިގެން ހުންނައިރު ތިމާއަށް އެއްވެސް ބަދަލެއް ނުއަންނަ ކަމަށ ބުނެލަން ވަރަށް ފަސޭހަވާނެއެވެ. ނަމަވެސް ބަދަލެއް ނުއަންނާނީ ވަރަށް ގިނައިން ސުންނަތް ރޯދަހިފާ މީހުންނަށެވެ. އެހެން އެންމެންނަށްވެސް ކޮންމެވެސް ބަދަލުތަކެއް އަންނާނެއެވެ.
ފަސޭހައިން ރުޅި އައުދެވޭނެއެވެ. ކަންކަމުގައި ރުންކުރުވެވޭނެއެވެ. އަދި އެހެން މީހުން ނުރުހޭނެފަދަ ބަސްތައްވެސް ބުނެވޭނެއެވެ. ޤަޞްދުގައި ނޫންނަމަވެސް މިކަންކަން ކޮންމެވެސް ވަރަކަށް ހިނގާނެއެވެ. އެއީ މުޅި ދުވަހު ނުކައި ނުބޮއި ހުންނަން ޖެހޭއިރު ހަށިގަނޑަށްވެސް ބަދަލުތަކެއް އަންނާނެތީއެވެ.
ރޯދަމަހަކީ އެންމެން ގުޅިގެން އެކުވެރިކަމާއިއެކު އުޅެން އޮތް މަސް ނަމަވެސް އެކަން ކާމިޔާބުނުކުރެވެނީ ހިތްތައް ސާފުކޮށް ހިތްހެޔޮނުކޮށް ތިބެ ރޯދަމަހަށް ކުރިމަތިލެވޭތީއެވެ. ވީމާ ޢާއިލާގެ އެންމެން އެކަކު އަނެކަކަށް ހިތްހެޔޮކޮށް ރަނގަޅު ގުޅުންމަތީގައި ތިބެގެން ރަމަޟާން މަހާއި ބައްދަލުކުރަން މަސައްކަތްކުރާށެވެ. ހެޔޮ ބަދަލެއް ފެނިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ރަމަޟާން މަހަށް ކުރަން އޮތް އެންމެ މުހިންމު ކަންތައް!: މަންމައާ އަނބިމީހާއާ ގޭގެ އެންމެން ޞުލްޙަވެ ޢަދާވާތެރިކަން ނައްތާލުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ