އައިރަނާޒްގެ ރޯދަ ރަންއަށް 10 އަހަރު، މި އަހަރުގެ ޗެލެންޖަށް 300 ދުވުންތެރިން ރަޖިސްޓްރީކޮށްފި

އައިރަނާޒްއިން ކޮންމެ ރޯދަމަހަކު ބާއްވާ 'ރޯދަ ރަން' އަށް މި އަހަރު 10 އަހަރު ފުރޭނެ އެވެ. ރޯދަމަހު ވަކި ވަރަކަށް ކިލޯމީޓަރު ހަމަކުރާ މި އިޖުތިމާއީ އަދި ފިޓްނަސްއަށް އަމާޒުކޮށްފައިވާ ދުވުމަށް މިފަހަރު ވެސް މިހާރު މި ވަނީ ހުޅުވާލައިފަ އެވެ.
އައިރަނާޒްގެ ކޯޗު ހުސެން ސުޖާއު ބުނީ މި އަހަރުގެ ރޯދަ ރަންގައި މިހާތަނަށް 300 ދުވުންތެރިން ރެޖިސްޓްރީވެފައިވާ ކަމަށެވެ.
މި އަހަރު ހުޅުވާލާފައިވަނީ:
50 ކިލޯމީޓަރު
100 ކިލޯމީޓަރު
150 ކިލޯމީޓަރު
200 ކިލޯމީޓަރު
300 ކިލޯމީޓަރު
މި ޗެލެންޖް ކުރިއަށް ދަނީ މުޅި ރޯދަމަހަށް ބަހާލައިގެންނެވެ. ދުވުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން އައިރަނާޒްއިން މިފަހަރު އާ ކަންކަން ވެސް ހިމެނި އެވެ.
އެގޮތުން ހިމެނި އެއް ބަޔަކީ ސްޓްރީކް ޗެލެންޖް އެވެ. މި ޗެލެންޖްގައި ބައިވެރިވާ ނަމަ؛
ކޮންމެ ދުވަހަކު 30 މިނެޓަށް ދުވުން
150 ކިލޯ މީޓަރު (ކޮންމެ ދުވަހަކު 5 ކިލޯމީޓަރު)
300 ކިލޯ މީޓަރު (ކޮންމެ ދުވަހަކު 10 ކިލޯމީޓަރު)
މީގެ އިތުރުން ވާޗުއަލް ރަންސްގެ ގޮތުގައި 7 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި 21.1 ކިލޯމީޓަރަށް ދުވުން ވެސް ހިމެނެ އެވެ.
މި ދުވުންތަކާ އެކު، މި އަހަރުގެ ރޯދަ ރަންއަކީ އައިރަނާޒްގެ އެންމެ ބޮޑު ޗެލެންޖް އެވެ. ކޮންމެ ދުވުންތެރިޔަކަށް ޖުމްލަ ހަތަރު މެޑަލް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.
އައިރަނާޒް އިން ބުނާ ގޮތުގައި މިފަހަރު ވެސް ރޯދަ ރަންގައި އަގުހުރި އިނާމުތަކެއް ލިބޭނެ އެވެ. އެގޮތުން ގާމިން165 ގަޑި އާއި ގާމިން55 ގަޑިއެއް ވަނީ ހުށައަޅައިފަ އެވެ.
އޭގެ އިތުރުން އައިރަނާޒްގެ ޕާޓްނަރުންގެ އެހީތެރިކަމާ އެކު ކޮންމެ ހަފުތާއަކު ވެސް، ދުވުންތެރިންގެ ތެރެއިން، އެއް ނަސީބުވެރިޔަކު ހޮވާ އިނާމު ދޭނެ އެވެ.
ރޯދަ ރަން ޗެލެންޖްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 26 ފެބުރުއަރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ