ހުޅުމާލޭ މިސްކިތްތައް ކައިރީ ޕާކުކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގަން އެދިއްޖެ

ހުޅުމާލޭގެ މިސްކިއްތައް ކައިރީ ގިނަ ދުވަސްވަންދެން ޕާކުކޮށްފައިވާ ވެހިކަލްތައް ނަގަން ފުލުހުން އެދިއްޖެއެވެ. ފުލުހުން މިއަދު ވަނީ ހުޅުމާލޭ މިސްކިތްތައް ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތަށް ނަގަން އިލްތިމާސްކޮށް ޕޯސްޓެއް ހިއްސާކޮށްފައެވެ. އެ ޕޯސްޓުގައި ފުލުހުން ވަނީ، ހުޅުމާޅޭގެ މިސްކިތްތަކަށް ދާ ފަރާތްތަކަށް މިސްކިތް ސަރަހައްދަކީ ފަސޭހަ ސަރަހައްދަކަށް ހެދުމާއި، ނަމާދަށްދާ ފަރާތްތަކަށް ފަސޭހައިން ޕާކުކުރެވޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން، މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ގިނަ ދުވަސްވަންދެން ޕާކުކޮށްފައިވާ އުޅަނދުތައް ނަގައިދިނުމަށް އެދިފައެވެ. ހުޅުމާލޭގެ މިސްކިތްތައް ހުންނަ ސަރަހައްދުގައި ގިނަ ދުވަސްވެ، ބާވެ ހަލާކުވެފައިވާ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕު ވެސް އެބަހުއްޓެވެ. ރޯދަމަހާ ދިމާކޮށް މި ތަކެތި ނަގަން ފުލުހުން އެދިފައިވާއިރު ދޭތެރެ ދޭތެރެެއިން ފުލުހުން އަންނަނީމިގޮތަށް ގިނަދުވަސް ވަންދެން ޕާކުކޮށްފައިވާ ސައިކަލާއި ކާރުގެ އިތުރުން ޕިކަޕު ވެސް ޓޯކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ