އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް 4 ވަނަ ދުވަހުގެ ރޭ
އުރީދޫ މޯލްޑިވްސްއިން އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 4 ގައި ބާއްވަން ނިންމައިފި އެވެ.މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 4 ވަނަ ދުވަހުގެ ރޭ 9:30ގައި ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގަ އެވެ.އުރީދޫ އިން ބުނީ މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓާވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްއަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށެވެ.ޖަލްސާގައި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި 2025 ގައި ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން ހިމެނެ އެވެ.މީގެ އިތުރުން މި އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުމާއި 2025 ގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަލުން އިންތިހާބުކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ