ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި

ހއ. ހޯރަފުށީ ފަރުމައްޗަށް ބޮޑު މަހެއް ލައްގައިފިއެވެ.
ހޯރަފުށީ ކައުންސިލުން ބުނިގޮތުގައި، އެ މަސް ލައްގާފައިވަނީ އެ ރަށު ހުޅަނގު ފަރާތު ފަރުމައްޗަށެވެ.
އެގޮތުން، އެއީ 30 ފޫޓުގެ ބޮޑުމަހެއް ކަމަށާއި އެ މަސް އެ ސަރަހައްދުން ނެގުމަށްފަހު، އަތިރިމަތީގައި ވަޅުލާފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، އެ މަސް ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލާއި، ހޯރަފުށީ ފުލުހުންނާއި، އެމްއެންޑީއެފް ނޮދަރން އޭރިއާ ކޮމާންޑްގެ އިތުރުން، އެމްޓީސީސީ ހޯރަފުށީ ސައިޓްގެ އެހީތެރިކަމާއެކުގައި ކަމަށް އެ ކައުންސިލުން ވަނީ މަޢުލޫމާތު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ