ކުދިމަގޫގެ ބީލަމުގައި ވިއްކާލަނީ، ބީލަން ފެށެނީ 12 މިލިއަން ރުފިޔާއަށް

މއ.
ކުދިމަގޫގެ 12 މިލިއަން ރުފިޔާއަށް ނީލަމުގައި
ވިއްކާލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިއުލާންކޮށްފި އެވެ.
ބިމުގެ ޑިމާންޑް އިންތިހާއަށް ބޮޑު، ވެރިރަށް މާލޭގައި ހުންނަ މއ.
ކުދިމަގޫގެއަކީ 830 އަކަފޫޓުގެ ބިމެކެވެ.
އެމްއައިބީން
ބުނީ އެ ގެ ވިއްކަން ނީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އޯގަސްޓު 3، 2026، ގެ މެންދުރުފަހު 13:00 ކަމަށެވެ. ނީލަން ފެށުމަށް
ހުށަހެޅޭ އެންމެ ދަށް އަގު ކަމުގައި  އެމްއައިބީގެ
އިއުލާނުގައި ބުނެފައި ވަނީ  12,150,000.00ރ. އެވެ.
ނީލަމުގެ
ސުންގަޑި ހަމަވާ ވަގުތާއި ހަމައަށް ނީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން،
އެ ވަގުތު އެތަނުގައި ތިބޭ ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި، ނީލަމުގެ އެންމެ
މަތީ އަގު އިއުލާން ކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީއިން ބުނީ ނީލަން
ފަށާ އަގު އިއުލާން ކުރުމަށްފަހު، އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި
ފަރާތްތަކަށް، ނީލަން ފެށޭ އަގަށް ވުރެން ބޮޑު އަގެއް ހުށަހެޅުމަށް، މަދުވެގެން
ފަސް ލައްކަ ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި ނީލަމުގައި ބައިވެރިވުމަށް
އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެ އެވެ. މި ބިޑު
ސެކުރިޓީގެ ނަމޫނާ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ވެބްސައިޓުން
ލިބެންހުންނާނެ އެވެ.
އެ ބީލަމާ ބެހޭ އިތުރު މައުލޫމާތު ހޯދަން 
auction@mib.com.mv އަށް އީމެއިލްކޮށްގެން މައުލޫމާތު ސާފުކުރުމަށް އެމްއައިބީން
އިރުޝާދު ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ