އެސްއީޒެޑްގައި އިންވެސްޓުކުރެވޭނެ ކުޑަ މިންވަރާއި، ކުރެވޭނެ މަސައްކަތްތައް ކަނޑައަޅުއްވައިފި

އެސްއީޒެޑްގައި އެންމެ ކުޑަވެގެން 100 މިލިއަން ޑޮލަރު އިންވެސްޓުކުރާ ގޮތަށް ނުވަ ދާއިރާއެއްގެ މަސައްކަތްކުރެވިދާނެކަމަށް ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވޭ
ދިވެހިރާއްޖޭގައި ގާއިމުކުރާ އިގުތިސާދީ ހާއްސަ ސަރަހައްދުތައް ނުވަތަ އެސްއީޒެޑްތަކުގައި ކުރެވޭނެ މަސައްކަތްތަކާއި އެތަންތަނުގައި އިންވެސްޓުކުރެވޭނެ އެންމެ ކުޑަ މިންވަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ. 
އެސްއީޒެޑްގެ ގާނޫނުގެ ދަށުން ރައީސް މިއަދު ކަނޑައެޅުއްވި ގޮތަށް އެކަންކަން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަައިވާ ގަރާރެއްގައި ބަޔާންކޮށްފައިވެ އެވެ. 
ގެޒެޓުގައި ޝާއިއުކުރި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން އެސްއީޒެޑެއްގައި ކުރެވޭނެ މަސައްކަތްތަކަކީ، ޖުމްލަ 100 މިލިއަން ޑޮލރަށްވރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓުމެންޓުތަކުގެ އިތުރަށް، 500 މިލިއަން ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓުމެންޓު ހިމެނޭ ގޮތަށް ދެމެހެއްޓެނެވި ތަރައްގީގެ އުސޫލުތަކާ އެއްގޮތަށް ޓައުންޝިޕެއް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތަކެވެ. 
އިސްތިރާޖީ ގޮތުން މުހިއްމު އިންވެސްޓުމެންޓުތަކުގެ ތެރެއިން 100 މިލއިަން ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓުމެންޓުގެ ގޮތުގއި ނުވަ ދާއިރާއެއްގެ އިންވެސްޓުމެންޓު ގަރާރުގައި ރައީސްވަނީ ހިމަނުއްވާފަ އެވެ. އެއީ: 
އަދި ދެމެހެއްޓެނެވި ތަރައްގީގެ އުސޫލުތަކާ އެއްގޮތަށް ޓައުންޝިޕު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް އިންވެސްޓުކުރަން ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަދުކަމަށްވާ 500 މިލިއަން ޑޮލަރު ހާއްސަކުރަންވާނީ ދެމެހެއްޓެނެވި ތަރައްގީއާ އެއްގޮތަށް ޓައުންޝިޕް ތަރައްގީކުރުމާ ގުޅޭ ބައިތަކަށް ކަމުގައިވެސް ގަރާރުގައި ރައީސް ކަނޑައަޅުއްވާފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ