ނަމަވެސް މިއަދު މަޖިލީހުގައި ވޯޓަށް އެހުމުގައި، ބްރޯޑްކޮމްގެ މެންބަރު ކަމަށް ޝިފްޒާ އައްޔަނު ކުރަން ނުފެންނަ ކަމަށް 50 މެންބަރުން ވަނީ ވޯޓު ދީފަ އެވެ. ފެންނަ ކަމަށް ވޯޓު ދިނީ އެމްޑީޕީގެ 11 މެންބަރުންނެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އެ ކޮމިޝަންގެ ކުރީގެ މެންބަރު އައިމިނަތު ސަރާހަތު އިއްޒަތު އާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު ހަމަވެފައިވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިދިޔަ ނޮވެމްބަރު މަސް ތެރޭގަ އެވެ. މުއްދަތު ހަމަވެފައި ވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ކޮމިޝަނަރު އަލީ ޔޫސުފްގެ އެވެ.އެމަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ މުހަންމާ އަދި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީގެ ނަމެވެ.އެ ލިސްޓު ދިރާސާ ކުރުމަށްފަހު މިނިވަން މުއައްސާސަތުގެ ކޮމެޓީން އެންމެ ގިނައިން މާކްސް ދީފައި ވަނީ ސަރާހަތަށެވެ. ދެވަނައަށް އެންމެ ގިނައިން މާކްސް ދީފައި ވަނީ ނޫސްވެރިޔާ ޝިފްޒާ މުސްތަފާއަށެވެ. މުހަންމާ އޮތީ ލިސްޓުގެ ތިންވަނައިގަ އެވެ.ނަމަވެސް މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުގައި، ބްރޯޑްކޮމްގެ މެންބަރު ކަމަށް ޝިފްޒާ އައްޔަނު ކުރަން ނުފެންނަ ކަމަށް 50 މެންބަރުން ވަނީ ވޯޓު ދީފަ އެވެ. ފެންނަ ކަމަށް ވޯޓު ދިނީ އެމްޑީޕީގެ 11 މެންބަރުންނެވެ.ސަރާހަތު އެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ 68 މެންބަރުންގެ ވޯޓުންނެވެ. މުހަންމާގެ ނަން ފާސްވެފައި ވަނީ 58 މެންބަރުންގެ ވޯޓުންނެވެ. މުހަންމާ އާއި ބްރޯޑްކޮމްއަށް އައްޔަނުކުރުމުން އެ ކޮމިޝަންގައި ތިބެން ޖެހޭ ހަތް މެންބަރުން ހަމަވާނެ އެވެ. މިހާރު ކޮމިޝަނުގައި ތިބީ އައިމިނަތު އަމީނާ، ސަފާ ޝަފީގު، މުހައްމަދު ފަޒީނުގެ އިތުރުން ޝިފްލާ އިބްރާހިމް އަދި އައިމިނަތު ނުޒުހާ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބްރޯޑްކޮމްއަށް މުހަންމާ އަދި ސަރާހަތު އައްޔަނު ކުރަން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ