ރަށު ފަތުރުވެރިކަމަށް ހާއްސަކޮށްގެން ބާއްވާ، "ރަށު އެކްސްޕޯ 2025" އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެ އެކްސްޕޯ އިންތިޒާމް ކުރާ 'ދަ ޓްރެވަލް ގައިޒް'އިން ބުނީ ކްސްޕޯ ބާއްވަނީ އަންނަ ފެބުރުއަރީ 13-15 އަށް ހުޅުމާލޭ ސެންޓުރަލް ޕާކުގައި ކަމަށެވެ.
ތަފްސީލް - މިފަދަ އެކްސްޕޯއެއް ބޭއްވުމާ ގުޅޭ ގޮތުން އެ ކުންފުނިން ބުނީ އެ އެކްސްޕޯގެ ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި އެ ރަށްތަކުގެ ސަގާފަތް އެއްތަނަކުން އެކި ފަރާތްތަކަށް ދައްކާލައި އަތޮޅު ތެރޭގެ ވަކިވަކި ރަށްރަށް ޑެސްޑިނޭޝަންތަކުގެ ގޮތުގައި އިޝްތިހާރުކުރުމަށް އެހީވެދިނުން ކަމަށެވެ. އަދި ބުނީ:
އެކަމުގެ ސަބަބުން އެ ރަށްތަކުގެ ރަށު ފަތުރުވެރިކަން އިޝްތިހާރުވުމުގެ އިތުރަށް އެ ރަށްތަކުގައި ހުރި އިގްތިސާދީ ފުރުސަތުތައް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދައްކާލެވޭނޭ
ގެސްޓްހައުސްތަކަށް ހާއްސަ ޓްރެވަލް ޕެކޭޖުތައް ވިއްކުމަށް ވެސް ފުރުސަތު އޮންނާނެ
އެ އެކްސްޕޯގައި ރަށްރަށަށް ހާއްސަ އަތްތެރި މަސައްކަތްތަކާއި ކެއުންތަކާއި ސަގާފީ ކުޅިވަރުތައް ދައްކާލުން އޮންނާނެ އެވެ. އަދި ދިވެހި ސަގާފީ ފެޝަންތައް ދައްކާލުމަށް ހާއްސަ ފެޝަން ޝޯއެއް ވެސް އެކްސްޕޯގެ ތެރޭގައި ބާއްވަން ވަނީ ރާވައިފަ އެވެ. މީގެ އިތުރަށް މި އެކްސްޕޯގެ ތެރެެއިން:
ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ދެނެގަންނަން ރަށު ސަމިޓުގެ ނަމުގައި ހާއްސަ ފޯރަމެއް ބާއްވާނެ
ރަށު އެކްސްޕޯ އެވޯޑުގެ ނަމުގައި ބައިވެރިވާ ރަށްތަކަށް ހާއްސަ އެވޯޑުތަކެއް ދިނުމަށް ވެސް ހަމަޖެހިފައިވޭ
ބުނީ ކީކޭ؟ - ޓްރެވަލް ގައިޒްއިން ބުނީ އެ އެކްސްޕޯގައި 70 އެއްހާ ރަށުން ބައިވެރިވާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވަރަށް ގިނަ ރަށްރަށުން މިހާރު ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރަށު ޓޫރިޒަމް ޕްރޮމޯޓް ކުރާ 'ރަށު އެކްސްޕޯ' އަންނަ މަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ