"މޯލްޑިވްސް ހެލްތު ރީސާރޗް ބުލެޓިން ވޮލިއުމް 10" ހެލްތު މިނިސްޓްރީން މިއަދު އާންމު ކޮށްފިއެވެ.
މިއީ ރާއްޖޭގައި ކުރެވިފައިވާ ސިއްހީ ދިރާސާތަކުގެ ނަތީޖާތަކާއި ތަފާސްހިސާބު ހިމެނޭހެން ހެލްތު މިނިސްޓްރީގެ ފަރާތުން ކޮންމެ އަހަރަކު އާންމު ކުރެވޭ ބުލެޓިންއެކެވެ.
މިނިސްޓްރީން ބުނީ މި ރިސާޗް ބުލެޓިން ޝާއިއު ކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހަދާ ސިއްހީ ދާއިރާއާ ގުޅުންހުރި ދިރާސާތަކުން ހޯދުނު މައުލޫމާތުތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމާއި، ރާއްޖޭގައި ސިއްހީ ދިރާސާ ކުރުމުގެ ރޫހު އާލާކޮށް ދިރާސާ ކުރާ ފަރާތްތަކުގެ މަސައްކަތްތައް އަގުވަޒަންކުރުން ކަމަށެވެ.
މި އަހަރު އާންމުކުރެވޭ ރިސާޗް ބުލެޓިންގައި ރާއްޖޭގައި ހަދާފައިވާ ދިރާސާތަކުގެ ހަތް އެބްސްޓްރެކްޓެއް ހިމަނާފައިވެއެވެ. މީގެ ތެރޭގައި މައިންނާއި ކުޑަކުދިންގެ ސިއްހަތު، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުން، ނަފްސާނީ ސިއްހަތު، އަދި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި އާންމު ސިއްހަތާ ގުޅުން ހުރި މައުލޫމާތު ހިމަނާފައިވެއެވެ.
މީގެ އިތުރުން، ނެޝަނަލް ހެލްތު ރިސާރޗް ކައުންސިލްއާއި ގުޅުން ހުރި މައުލޫމާތާއި ސިއްހީ ދިރާސާކުރުމުށް ހުއްދަ ދިނުމުގެ މަރުހަލާތަކާއި 2022 އިން މި އަހަރުގެ ނިޔަލަށް ރާއްޖޭގައި ސިއްހީ ދިރާސާކުރުމަށް އެންމެ އިސްކަންދެވޭ ދާއިރާތައްވެސް މި ބުލެޓިންގައި ހިމަނާފައިވެއެވެ،
މިނިސްޓްރީން ބުނީ މި ބުލެޓިން އާންމުކުރުމަކީ ރާއްޖޭގައި ސިއްހީ ދިރާސާކުރުން އިތުރަށް ހަރުދަނާކޮށް، ސިއްހީ ދިރާސާކުރުމުށް މަގުފަހިވާފަދަ ވެއްޓެއް ގާއިމްކުރުމަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތެެއް ކަމަށެވެ.
ސިއްހީ ދާއިރާގެ ދިރާސާތައް ހިމެނޭ ދިހަވަނަ ވޮލިއުމް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ