ކްރިސްޓަލްގެ އާ ލޯބިވެރިޔަކީ، 'ދޭސީ ބްލިންގް'ގައި ދައްކައިލި ދުބާއީގެ ވިޔަފާރިވެރިއެއް
އިންޑިއާގެ މަޝްހޫރު ޓެލެވިޒަން ބަތަލާ ކްރިސްޓަލް ޑިސޫޒަގެ އާ ލޯބިވެރިޔަކީ، ދުބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ އޭޕީ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުންސްތާން ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ކްރިސްޓަލް އާއި އޭޕީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު މަސްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް އެކަން ރަސްމީކޮށް އިއުލާނުކުރަން ދެ މީހުންވެސް އަދި ބޭނުންނުވަނީ އެ ގުޅުމަށް އިތުރަށް ވަގުތުދިނުމަށް ބޭނުންވާތީ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ކްރިސްޓަލް އާއި އޭޕީއާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ އަޑުތަކެއް އަރަންފެށީ ބަތަލާ މިފަހުން ދުބާއީއަށް ކުރާ ދަތުރުތައް އިތުރުވުމާ އެކު އޭޕީއާ އެކު ޕާޓީއެއްގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެންނެވެ. އޭޕީ އަކީ ދުބާއީގައި ފުޅާ ދާއިރާއެއްގައި ކާރުގެ ވިޔަފާރިކުރާ ވިޔަފާރިވެރިއެކެވެ. އޭޕީ ވަނީ ނެޓްފްލިކްސްއިން ދާދިފަހުން ޕްރީމިއާކުރި ރިއަލިޓީ ޝޯ "ދޭސީ ބްލިންގް" އިންވެސް ފެނިފައެވެ. ކްރިސްޓަލް ފިލްމު "ދުރަންދަރު"ގެ ޑައިރެކްޓަރު އަދިތިޔަ ދާރުއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ އެ ޝޯގައި އޭޕީ ފެނުނީ ޕަމެލާ 'ޕައްމީ'ގެ ކުރީގެ ލޯބިވެރިޔާގެ ގޮތުގައެވެ. ނަމަވެސް ޕަމެލާ އާއި އޭޕީގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ނަމަވެސް ދެ މީހުންގެ މެދުގައި އަދިވެސް ރަހްމަތްތެރިކަމުގެ ގުޅުން އޮންނަ ކަމަށް އެ ޝޯގައި ދެ މީހުންވެސް ވަނީ އެއްބަސްވެފައެވެ. ސްޓާ ޕްލަސްއިން ގެނެސްދިން ސީރީސް "އޭކް ހަޒާރޯ މެ މެރީ ބެހެނާ ހޭ"އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ ވަނީ ފަހުން ބައެއް ފިލްމުތަކުން ވެސް ފެނިފައެވެ. އޭގެތެރޭގައި ފިލްމު "ޗެހެރޭ"، "ވިސްފޮޓް" އަދި ފިލްމު "ދުރަންދަރު"ގައި ގެނެސްދިން މަޝްހޫރު ލަވަ 'ޝަރާރަތު' ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ