ފުވައްމުލަކުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީއަށް މި މައްސަލަ ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ.
މެންބަރު ހުސައިން ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ މެެދެއްހާ ހިސާބު ގައި އެ ސިޓީއަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުންދިޔަ އެއް ޖެންސެޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ތާވަލެއް ހަދައިގެން އެކި ވަގުތުތަކުގައި ކަރަންޓްގެ ހިދުމަތް މެދުކަނޑަމުންދާ ކަމަށެވެ.
ފުވައްމުލަކު ރައްޔިތުންނަށް މި ކަމުގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާކަމަށް މެންބަރު ހުށަހެޅި މައްސަލައިގައި ފާހަގަ ކުރައްވާފައިވެ އެވެ. އަދި ހަލާކުވެފައިވާ ޖެންސެޓު ރަނގަޅު ނުކުރެވި ދޮޅުމަސް ދުވަސް ވެއްޖެކަމަށްވެސް ބުނެފައިވެ އެވެ.
ހުސައިން ހުށަހެޅުއްވި މައްސަލައިގައި ރައްޔިތުންގެ ތަކުލީފުތަކަށް ހައްލެއް ނުހޯދި ލަސްވަމުންދާ ދިއުމަކީ ފެނަކައިގެ އިހުމާލުން ދިމާވި ކަމެއް ކަމަށް ދެކޭތީ އެ މައްސަލަ ބަލައި ދިނުމަށް ވަނީ އެދިފަ އެވެ.
ފުވައްމުލަކުން ކަރަންޓު ކަނޑާ މައްސަލަ މަޖިލީހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ