މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް އަދި އުދަ އަރާފާނެކަމުގެ އިންޒާރު!

މޫސުން ގޯސްވެ މުޅި ރާއްޖެއަށް އުދަ އަރާފާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ހާމަ ކޮށްފައިވާ ގޮތުގައި މިރޭ 12 އިން ފެށިގެން ފަތިހު 4 ޖެހުމާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭކަމަށާއި މުޅި ރާއްޖެއަށް އުދަ އެރުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ. އަދި ކުރިޔަށް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓު އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެން ވާކަމަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ހިސާބުތަކަށް އުދަ އެރުމުގެ ހާދިސާތައް ރޭން ފެށިގެން ހިނގަމުންދަނީ އިރުވައި މޫސުމުގެ ހަޅަ ޖަހަމުންދާތީ ކަމަށެވެ.
މޫސުން ގޯސްވެ ރޭގައިވަނީ ށ. އަތޮޅާއި ރ. އަތޮޅުގެ އިތުރުން ނ. އަތޮޅުގެ ބައެއް ރަށްތަކަށް އުދަ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ