ރާއްޖޭގައި އެންމެ ގިނަ ދުވުންތެރިން ބައިވެރިވާ ދިރާގު ރޯޑް ރޭސް މިއަދު ހަވީރު

ރާއްޖޭގައި އެންމެ ގިނަ ދުވުންތެރިން ބައިވެރިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް މިއަދު ހަވީރު އޮންނާނެއެވެ.
ދިރާގު މޯލްޑިވްސް ރޯޑު ރޭހުގެ 12 ވަނަ ދުވުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބާއްވާ އިރު، މިއަހަރުގެ ދުވުމުގައި 4،000 މީހުން ދުވާނެއެވެ. މިއަހަރުގެ ދުވުމުގައިވެސް 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރގެ ރޭސް ވަނީ ހިމަނާފައެވެ.
ފައިބެއަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރޭހުގައި އެންމެ ފުރަތަމަ ނިންމާ ފަރާތަކަށް ދޭ މެޑަލްގެ ފަރުމާއަށް ވަނީ ބަދަލު ގެނެސްފައެވެ. ކުރިން މި ދެ ގިންތިންވެސް އެންމެ ފުރަތަމަ ނިންމާ ފަރާތަކަށް އެއްމެޑަލް ދިންނަމަވެސް މި އަހަރު މި ދެ މެޑަލް އާ ޑިޒައިނަކާއެކު ވަނީ ދެ މެޑަލްގެ ގޮތުގައި ވަކިކޮށްފައެވެ.
ފާއިތުވި ދެ އަހަރުވެސް ދިރާގު މޯލްޑިވްސް ރޯޑު ރޭހުގައި 8 ޖަމިއްޔާއަކުން ބައިވެރިވެފައިވާ އިރު، އެ ދެ އަހަރުގެ ހަރަކާތުން ލިބުނު ދެ މިލިއަން ރުފިޔާ ދިރާގުން ވަނީ އެޖަމިއްޔާތަކަށް ހަދިޔާކޮށްފައެވެ. އަދި މިއަހަރުގެ ހަރަކާތުން ލިބޭ ފައިސާވެސް ބެހުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ