ހަވީރު އޮންލައިންގައި ފުރަތަމަ ފަހަރަށް އިންޓަރެކްޓިވް މަލްޓިމީޑިއާ ރިޕޯޓް ހިމަނަން ފަށައިފި އެވެ.
ހަވީރު އޮންލައިންގައި އިންޓަރެކްޓިވް މަލްޓިމީޑިއާ ރިޕޯޓް ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ނަސްރުﷲ އަދުނާނު މިއަދު ބުނީ އިއްޔެ އަޕްލޯޑް ކުރި އެ ރިޕޯޓް އޮންލައިންގައި ހިމަނާފައިވާނީ އަޑާއި މަންޒަރު އެކުލެވޭ ގޮތަށް ކަމަށެވެ. އެގޮތުން ފުރަތަމަ ރިޕޯޓެއްގެ ގޮތުގައި ހިމަނާފައިވަނީ މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި މަރުވެފައި އޮއްވާ މިދިޔަ އާދީއްތަ ދުވަހު ހެނދުނު ފެނުނު ސ. ހިތަދޫ، ނާޒުކީގޭ، ހުސެން ސޮލާހުގެ މަރާ ބެހޭ ގޮތުން ކަމަށް އޭނާ ބުންޏެވެ.
"އެ ރިޕޯޓުގައި ސޮލާހު މަރުވެފައި އޮއްވާ ފެނުނު ސަރަހައްދު ގޫގުލް އާތްގެ ޗާޓަކުން ފާހަގަކޮށް ދައްކާފައިވާނެ. އަދި އެ ނޫނަސް އެކަމާ ގުޅިގެން އާ ސަހަރާ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގެ ފޮޓޯ ވެސް ހިމަނާފައިވާނެ،" ނަސްރު ބުންޏެވެ.
ހަވީރު އޮންލައިން ޑިޕާޓްމަންޓުން ބުނީ އެ ރިޕޯޓް އޮންލައިންގައި ހިމެނުމުން ވަރަށް ގިނަ މީހުން އެކަމާ ބެހޭ ގޮތުން ޚިޔާލު ފާޅުކޮށް އީ މެއިލް ފޮނުވަމުން އަންނަ ކަމަށެވެ. އަދި އިތުރަށް ރަނގަޅުކުރަން ހުރި ކަންތައްތަކާ ބެހޭ ގޮތުން ވެސް އީ މެއިލް ފޮނުވާފައިވާ ކަމަށް ބުންޏެވެ.
ހަވީރު އޮންލައިން އިން ބުނީ ކުރިމަގުގައި ހިނގާ މުހިންމު ހާދިސާތަކާ ބެހޭ ގޮތުން ވެސް އެފަދަ ރިޕޯޓްތައް އޮންލައިންގައި ހިމަނާނެ ކަމަށެވެ.
ހަވީރު އޮންލައިންގައި އިންޓަރެކްޓިވް މަލްޓިމީޑިއާ ރިޕޯޓް ހިމަނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ