ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަލްއުސްތާޒް ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.ޖޭއެސްސީން މިއަދު ބުނީ ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރުގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަންތައްތަކެއް ސާބިތުވާ ކަމަށާއި ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރުކަމުން ވަކި ކުރުން ކަނޑައަޅައި ތަހުގީގު ކޮމެޓީން އެކުލަވާލި ރިޕޯޓު އެ ކޮމިޝަނަށް ބަލައިގަތުމަށް ނިންމި ކަމަށެވެ.ޖޭއެސްސީން ބުނީ ތަހުގީގު ކޮމެޓީން އެކުލަވާލި ރިޕޯޓަށް ޖަވާބު ދިނުމަށް އަލްއުސްތާޒު ސައީދަށް އެ ކޮމިޝަނުން ފުރުސަތު ދިން ކަމަށާއި އެ ފުރުސަތުގައި ލިޔުމުން ހަސަން ސައީދު ޖަވާބު ހުށަހެޅުމުން އެ ޖަވާބަށް ރިއާޔަތްކޮށް ފަނޑިޔާރުގެ ސުލޫކަށް އަސަރު ފޯރާ ކަންތައްތަކެއް ހުރި ކަމަށް ޖޭއެސްސީން ނިންމި ނިންމުން ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.އެ ކޮމިޝަނުން ބުނީ އެކަމުގެ ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތް ދިނުމާއި އެކު ފަނޑިޔާރު މިހާރު ހުރި ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓަށް ހަސަން ސައީދު ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ގާޒީ ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ