ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަށް މަރުގެ އިންޒާރު ދިން މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މެންބަރު ޝަރީފަށް މަރުގެ އިންޒާރުދޭ ކަމަށް ބުނާ، ފޯނު ނަންބަރެއް އާއްމުން ޝަރީފު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، މަޖިލީހުގެ ރައީސް އަދި، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ޓެގްކުރައްވައި ވަނީ ޓްވީޓެއް ކުރައްވާފައެވެ.
މި ޓްވީޓުގައި މާލެސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމްމަނިކުގެ ނަމުގައި އިން އެކައުންޓެއްވެސް ވަނީ ޓެގް ކުރައްވާފައެވެ.
ވީނިއުސް އަށް މައުލޫމާތުދެއްވަމުމް، މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ އެފަދަ މައްސަލައެއް މިއަދު ހެނދުނު މެމްބަރު ޝަރީފް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހުގެ އަމީންއާއްމު ވަނީ ޑިފެންސް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސެކިއުރިޓީގެ ކަންކަން ހަމަޖައްސައިދެމުން ގެންދަނީ ޑިފެންސް މިނިސްޓްރީން ނެވެ.
މެމްބަރު އިބްރާހިމް ޝަރީފަށް އިންޒާރުދިން މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ