އަތޮޅުތަކުން ދަރިވަރުން ބައިވެރިވާ ސްކޫލް ކުދިންގެ ގުރުއާން މުބާރަތް ފަށައިފި

އަތޮޅުތަކުގެ ސްކޫލް ތަކުންވެސް ދަރިވަރުން ބައިވެރިވާ ސްކޫލް ކުދިންގެ ގުރުއާން މުބާރަތް 2018 މިއަދު ފަށައިފިއެވެ.
މިއަދު އަރަބިޔާ ސްކޫލުގެ ހޯލްގައި ފެށި ގުރުއާން މުބާރާތުގައި 262 އަންހެންކުދިން ބައިވެރިވި އިރު 184 ފިރިހެން ކުދިން ވަނީ ބައިވެރި ވެފައެވެ. މުޅި ޖުމުލަ މި މުބާރާތުގައި 443 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ ކިޔެވުމުގެ ދަންފަޅި ހަމަޖެހިފައިވަނީ ހެދުނު 8:00 އިން 10:00 ފޮތުން ކިޔެވުން އަދި 10:00 އިން 12:00 ހިތުން ކިޔެވުން އަދި 1:00 އިން 3:00 އަށް ފޮތުން ކިޔެވުން ހަވީރު 4:00 އިން 6:00 ހިތުން ކިޔެވުން ރޭގަނޑު 8:00 އިން 10:00 ފޮތުން ކިޔެވުމެވެ.
ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ގުރުއާން މުބާރާތް މިއަދު ފެށިއިރު މި މުބާރާތުގެ ކިޔެވުން ހެނދުނާއި، ހަވީރު އަދި ރޭގަނޑުގެ ދަންފަޅިތަކަށް ބަހާލައިގެން މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރު ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ގުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި މިދިޔަ އަހަރު 380 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު މިފަހަރު ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި އަހަރުގެ މުބާރާތުގައި ވަކި އުމުރުފުރާތަކެއް ކަނޑައަޅާފައެއް ނުވެއެވެ. އެކަމަކު ދެ ޖިންސަށް އިންސާފުކުރާނީ ވަކިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ