މަޝްވަރާ ކުރުމަކީ އިސްރާފެއް ނޫން: ރައީސް މައުމޫން

މަޝްވަރާ ކުރުމަކީ އިސްރާފެއް ނޫން ކަމަށާއި އެއީ ޑިމޮކްރަސީގެ މައި ތަނބު ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން އެހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އުތުރުގެ ތިން އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވިއްޖެ ކަމަށާއި އިތުރަށް މަޝްވަރާ ކުރަން އުޅުމަކީ އިސްރާފެއް ކަމަށް ވިދާޅުވެފައިވަނިކޮށެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޝްވަރާ ކުރުމަކީ ޑިމޮކްރަސީގެ އެންމެ މައި އެއް ތަނބު ކަމަށާއި މަޝްވަރާ ކުރުމުގެ މުހިއްމުކަން ކީރިތި ގުރުއާނުޔގައި ވަރަށް ސާފުކޮސް ބަޔާން ކުރައްވާފައިވާ ކަމަށެވެ. Mashwarā kurumakī isrāfeh nūn. Eī democracy ge emme varugadha than’bu. Mashwarā kurumuge muhimmukan Kīrithi Qur’an gai varah sāfukoh bayān kuravvāfai vē.— Maumoon Abdul Gayoom (@maumoonagayoom) December 26, 2017
އިތުރަށް މަޝްވަރާ ކުރުމަކީ އިސްރާފެއް ކަމަށް ރައީސް ޔާމީން ސިފަ ކުރައްވާފައިވާތީ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވެސް ވަނީ ރައްދު ދެއްވާފައެވެ. އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އުޅުއްވަނީ ގުރުއާނުގައި ހުރި ކަންކަން ވެސް އޮޅުވާލައްވަން ކަމަށެވެ. އަދި ގުރުއާނުގައި އިސްރާފުގެ މަގަށް އެއްވެސް ކަމެއް ކުރަން އިރުޝާދު ދީފައި ނުވާނެ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވެފައިވެއެވެ. Keerithi Quraanugai israafuge magah kan kurumah angavaafai onnaane kamah evves gothakah gabooleh nukuran. Mashvaraa kurumakee hamakonmehen kuran jehey kameh. RY ulhenee rayyithunnah quranugai oi kamevves olhuvaalan.— Ali Hussain (@AleeVoice) December 26, 2017
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ