ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ މިރޭ ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.
މެމްބަރު މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެޓީވީގެ މައްސަލައާ ގުޅިގެން މިރޭ 8:30 އަށް ފުލުހަށް ހާޒިރުވުމަށް ޗިޓް ލިބިފައިވާ ކަމަށާއި އެ މައްސަލާގައި ބަޔާންވެސް ދެއްވާ ނިންމާފައިވާ ކަމަށެވެ.
މުސްތަފާ ވަނީ އެ ޓުވީޓްގައި ފުލުހަށް ހާޒިރުކުރަނީ ކީއްކުރަންތޯ ސުވާލުވެސް އުފައްދަވާފައެވެ.
މުސްތަފާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ބުނެފައިވަނީ 28 ޖުލައި 2017 ވަނަ ދުވަހު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުން ނިކުމެ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މަޤާމުން ބޭރުކޮށް، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި އައިރު ޤާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށެވެ.
މުސްތަފާގެ މައްޗަށް ތުހުމަތުކުރާ އެ ވާހަކަތަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ބަލައި ރާއްޖެ ޓީވީ ވަނީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފައެވެ.
މެމްބަރު މުސްތަފާ މިރޭ ފުލުހަށް ހާޒިރުވުމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ